ޕެންޝަނާ ގުޅޭ ޢިލްމީ ދިރާސާތައް ފަށަނީ
19 ޑިސެމްބަރު 2024 - 11:16
ޢިމްލީ ދިރާސާތައް ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިނގުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތައް އެކުލަވާލައި ހިންގުމާއި މައުލޫމާތާއި ޑޭޓާ ބަދަލުކުރުމާއި ހޯދުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫގެ ފަރާތުން ސޮއިކުރީ ވައިސް ޗާންސެލާ ޑރ.އައިޝަތު ޝެހެނާޒް އާދަމްއެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝުޖާތާ ހަލީމްއެވެ.
ޕެންޝަނާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމާއި، ޕެންޝަނަށް އާއްމުން އަހުލުވެރިކުރުމަށް ޕްރޮގްރާމުތައް ހިންގުން މި އެއްބަސްވުމުގައި ހިމެނެއެވެ.