logo
ޚަބަރު

ލާމަރުކަޒީ ނިޒާމަށް ބައެއް ބަދަލުތައް ގެނައީ ޖަޒުބާތުގައި ޖެހިގެން - މިނިސްޓަރ

އަޙްމަދު ޒަލީފް
1 ޑިސެމްބަރު 2024 - 12:27
ލާމަރުކަޒީ ނިޒާމަށް ބައެއް ބަދަލުތައް ގެނައީ ޖަޒުބާތުގައި ޖެހިގެން - މިނިސްޓަރ

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގެންފައިވާ ނިޒާމެއް ކަމަށާއި ނަމަވެސް އެ ނިޒާމަށް ބައެއް ބަދަލުތައް ގެނެސްފައިވަނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ސިފަކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުން ސަރުކާރަށް ކުރާ އިތުބާރު ބޮޑުވެ، ކަންކަމުގައި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށެވެ. އަދި ހަޤީޤީ މާނާގައި ކައުންސިލްތައް ބާރުވެރި ކުރެވޭނީ ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ލިބިގެންކަން ވަޒީރު ފާހަގަކުރައްވާ ވަޒީރު ވަނީ އެކަމަށް މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ފާއިތުވި އެއްހަރުގެ ތެރޭގައި 280ށްވުރެ ގިނަ ކައުންސިލާއެކު ބައްދަލުވުންތައް އެވުޒާރާއިން ބޭއްވި ކަމަށާއި ފާއިތުވި އެއްއަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 169 ކައުންސިލާ ބައްދަލުކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމުންވެސް އަންގައިދެނީ މި ސަރުކާރުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމުކޮށްދިނުން ކަމަށާއި އެކަމަށްޓަކާއި، ކައުންސިލް ޢިމާރާތްތައް އެޅުމުގެ މަޝްރޫޢުއެއް ހިންގަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ޤާނޫނީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް އިތުރު ބާރުވެރިކަންދީގެ މަސައްކަތްކުރުމުގެ ވަރަށް ގިނަ ބަދަލުތައް ކުރިއަށްއޮތްތަނުގައި ފެންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އޮންނަންޖެހޭ ކަމަށް ރައްޔިތުން ޤަބޫލުކޮށް، އެ ނިޒާމު ބަލައިގެންފިކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް މީގެކުރިން ގެނެވުނު ބައެއް ބަދަލުތަކަކީ ޖަޒުބާތުގައި ޖެހިގެން ގެނެވުނު ބަދަލުތަކެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާމަރުކަޒީ ނިޒާމަށް ބައެއް ބަދަލުތައް ގެނައީ ޖަޒުބާތުގައި ޖެހިގެން - މިނިސްޓަރ ޚަބަރު | 9 މަސް ކުރިން