އައްޑޫ ސިޓީގެ އިމާމުން ތާޒާކުރުމުގެ ތަމްރީނުތައް ފަށައިފި
އައްޑޫ ސިޓީގައި އިމާމުން ތާޒާކުރުމުގެ ތަމްރީނުތަކުގެ ތެރެއިން -- ފޮޓޯ: އިސްލާމީ ވުޒާރާ
01 ޑިސެމްބަރު 2024 - 13:10
އައްޑޫ ސިޓީގެ އިމާމުން ތާޒާކުރުމުގެ ތަމްރީނުތައް ފެށައިފިއެވެ.
މި ބުރުގައި 68 އިމާމުން ބައިވެރިވެއެވެ. މިއީ އިމާމުންތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ސިލްސިލާގެ ތެރެއިންދާ ތަމްރީނެކެވެ. މި އަހަރު ނިމޭ އިރު މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކޮށް ނިމޭނެއެވެ.
ސެޕްޓެމްބަރ 21 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު އަލީ ޝަހީމް ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން 1000 އިމާމުން ތަމްރީނުކުރައްވާނެކަމަށެވެ.
އަދި އިމާމުކަމުގެ މަގާމަކީ ދަށް މަގާމެއްނޫން ކަމަށާއި، އެކަމަކީ ދުނިޔެވީ ގޮތުން ލިބޭ މުސާރައަށްވުރެ މި މަގާމުގަކީ ޝަރަފުވެރި މަގާމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް އިސްލާމިކް މިނިސްޓްރީން ވަނީ 240 ޙަތީބުންނަށް ދާއިރާގެ ސަނަދު ހަވާލުކޮށްފައެވެ. ރާއްޖޭގެ 20 އިމާމުން މިވަގުތު ބްރޫނޭ ދާރުއްސަލާމްގައި ތައުލީމް ޙާސިލްކުރަމުން އަންނައިރު ސައުދީ އަރަބިއާއިން 40 އިމާމުން މިވަގުތުދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.