logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްއެސްއެމް އިން ވައްކަންކުރި މުވައްޒަފުންތަކެއްގެ މައްސަލަ ތަހުގީގު ކުރަނީ

ހުސައިން ވަސީމް
2 ޑިސެމްބަރު 2024 - 06:43
އެފްއެސްއެމް އިން ވައްކަންކުރި މުވައްޒަފުންތަކެއްގެ މައްސަލަ ތަހުގީގު ކުރަނީ

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެފައިސާ ލޯންޑާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިކަން ހާމަކުރައްވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑަރ ކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއްފުލުހުންގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ ހާއްސަ ޓީމުތަކުން އެމައްސަލާގައި ހިމެނޭ 10 މީހުންނާއި 2 ގެ އެއް އަދި ތެޔޮއުފުލާ 2 ބާޖު ބަލާ ފާސްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއްވެސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތައް ހޯދާ އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވެ އެވެ. ތަނުގެ ތެރެއިން ނަހަމަ ގޮތުގައި މާލީ މަންފާ ހޯދުމާއި ކޮރަޕްޝަންގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެ އެވެ.

އެކުންފުނީގެ މެނޭޖިންގްޑިރެކްޓަރުކަމުގައި ހުންނެވި އިސްމާއީލް ސުހައިލް ވަނީ ދާދި ފަހުން އިސްތުއުފާ ދެއްވާފަ އެވެ. އޭނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރި ނަމަވެސް އެކަން އޭނާ ދޮގުކުރައްވަ އެވެ.

އެހެންނަމަވެސް މަގާމުން އިސްމާއިލް ސުހެއިލް އިސްތިއުފާދެއްވީ ކުންފުނި ތެރޭގައި ހިންގަމުން ދިޔަ ބޮޑެތި ވައްކަންތައް ހުއްޓުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަށް މަސައްކަތް ފެއްޓެވުމާއެކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މުވައްޒަފުންތަކެއް އެމްޑީގެ އަބުރުފުޅު ކަތިލަން މަސައްކަތްކުރަމުންގެންދިއުމާ ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއެސްއެމް އިން ވައްކަންކުރި މުވައްޒަފުންތަކެއްގެ މައްސަލަ ތަހުގީގު ކުރަނީޚަބަރު | 10 މަސް ކުރިން