logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް މިހާތަނަށް ފާހަގަ ނުކުރެވޭ: ފުލުހުން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ޑިސެމްބަރު 2024 - 11:59
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ -
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ -

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ޒަކިއްޔާގެ މަރާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓަރު، މުހައްމަދު ސާމިހް ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑުގެ އޮތް ތަނުގައި، ހަށިގަނޑާ ޖެހިގެން ކަނާތް ފަރާތުގައި ލޭ ހުރި ވަޅިއެއް އޮތް އިރު، އެ ވަޅީގެ ތަހުލީލުތަކުން އެނގޭ ގޮތުގައި އެ ވަޅީގައި ހުރީ ޒަކިއްޔާގެ ލެއެވެ. އެހެން ނަމަވެސް އެ ވަޅި އަދި ވެސް ތަހުލީލުކުރަމުންދާތީވެ، އެ ވަޅީގައި އެހެން ފަރާތެއްގެ ފިންގަ ޕްރިންޓު ހުރިކަން ވެސް އަދި ކަށަވަރުކުރެވިފައިނުވާ ކަމުގައި ފުލުހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ އިތުރަށް، ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަން ތެރޭގައި ވެސް، ޒަކިއްޔާއަށް ޙަމަލާ ދިން ކަމުގެ ނިޝާނެއް ވެސް ފެނިފައިނުވާ ކަމަށާއި، ޒަކިއްޔާގެ ކަރުން ވެސް އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ. އެގޮތުން ސިއްޚީ މަރުކަޒުން ބެލި ޑޮކްޓަރާ ހަވާލާދީ ވެސް ސާމިހު ވިދާޅުވި ގޮތުގައި، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު އެ އަނިޔާތަކުގެ ސަބަބުންނެވެ.

406597_3_f0741d7fc66fff3090661b4aa1c489c49a4f337f_large.jpeg

ޒަކިއްޔާގެ ސީން އިން ފެނުނުކަމަށް ބުނާ ވަޅި

ސާމިހް ވިދާޅުވީ، ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ވެސް ވަޅި އަޅާފައި ހުރި ނިޝާންތައް ފެންނަން ހުރި އިރު، އެ ނިޝާންތަކުގައި ވެސް ވަޅި ހަރާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ނެތް ކަމަށެވެ. އެހެން ނަމަވެސް ވަޅި އަޅަން ޖެހިލުންވެފައި ހުރި ފަދަ ނިޝާނެއް ވެސް ފެންނަން ހުރި ކަމަށް ސާމިހް ވިދާޅުވިއެވެ.

އަދި ތަހުގީގުގައި ޒަކިއްޔާގެ މެޔާ ދިމާލުން ވައްކެއް ކަހަލަ ނިޝާނެއް ފެނުނު ނަމަވެސް، އެ ނިޝާން ވެސް ޒަކިއްޔާގެ މަރާ ގުޅުން ހުރި ކަމުގައި ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމުގައި ވެސް ސާމިހް ވިދާޅުވިއެވެ.

ށުގެ ވެށިން އަދި ދިރިއުޅޭ ގެއިން އަދި ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިފައެއް ނެތް. ޒަކިއްޔާގެ ހަށިގަނޑުގެ ސީޓީ ސްކޭނުން ވެސް ދައްކާ ގޮތުން ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ، - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ މައްސަލައިގައި އިތުރު މީހަކަށް ވެސް އަދި ތުހުމަތު ނުކުރެވޭ ކަމުގައި ވެސް ސާމިހް ވިދާޅުވިއެވެ. އެހެން ނަމަވެސް، ޒަކިއްޔާގެ މަރުވީ އަމިއްލައަށް ކަމަށް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ ޙާދިސާ ހިނގީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | ގަޑިއިރެއް ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންމީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މީހަކު ހައްޔަރުކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންސެލޫނަކަށް ވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިން