logoEN
ޚަބަރު

ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ތަނބުތައް ޖަހާތީ ދަތުރު ނުކުރުމަށް އަންގައިފި

ސުދާ ލަތީފްސުދާ ލަތީފް

04 ޑިސެމްބަރު 2024 - 05:29

މާލެ އިން ތިލަފުއްޓާ ހަމައަށް ގުޅުވައިލާ ބްރިޖުގެ މަސައްކަތުގެ ތެރެއިން ގުޅިފަޅާއި ތިލަފުއްޓާ ދެމެދުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުން ދަތުރު ނުކުރަން އަންގައިފި އެވެ.

ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގުޅިފަޅު-ތިލަފުށި ޗެނަލް ބުރާސްފަތި ދުވަހުން ފެށިގެން ބަންދު ކުރާނެ ކަމަށެވެ. އަދި އެސަރަހައްދުން ކަނޑު އުޅަނދުފަހަރު އެ ދަތުރު ނުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.މީގެ އިތުރުން މާލެ-ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު ތިލަމާލޭގެ ޗެނަލްވެސް ބަންދުކޮށްފައި ވާތީ އެ ސަރަހައްދުން ދަތުރު ނުކުރުމަށްވެސް އެވުޒާރާއިން ވަނީ އަންގާފަ އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރީގެ ސަރުކާރުން އަޅަން ފެށި ބްރިޖުގެ މަސައްކަތުން މިހާރު މާލެ އާއި ވިލިމާލެއާ ދެމެދު ވަނީ މައި ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފަ އެވެ.

މިދިޔަ އޮކްޓުބަރު މަހާއި ހަމައަށް ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނިމުނީ 45 އިންސައްތައިގެ މަސައްކަތް ކަމަށާއި، ބްރިޖް ނިންމުމަށް މިހާރު ދީފައިވާ މުއްދަތު ދެން އިތުރު ނުކުރާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްްޠަލިބް ވަނީ ވިދާޅުވެފަ އެވެ.

ބްރިޖުގެ ޕްރީކާސްޓް ސެގްމަންޓުގައި މިހާތަނަށް ނިމިފައިވަނީ %43.5 ކަމަށެވެ.

އަދި ތަނބުތަކުގެ ޕައިލިންގެ %79.5 އާއި ޕައިލް ކެޕްގެ %67.8 މަސައްކަތް ނިމިފައިވާއިރު، ޕިއަރ ކޮންޕްލެކްސްގެ %62.2 މަސައްކަތް ނިމިފައިވަކަމަށެވެ. މިއާއެކު މިހާތަނަށް ނިމިފައިވަނީ މުޅި މަޝްރޫޢޫގެ %45.82 މަސައްކަތެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުގެ %45.82 މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ.ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ނިމުނު އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، މިވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ބްރިިޖުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެއެވެ.

ކޮމެންޓް

871x217_placeholder