މާލެ-ތިލަފުށި ބުރިޖަށް ބަންދުކޮށްފައިވާ ޗެނަލްތަކުން ދަތުރުނުކުރަން އަނެއްކާ ވެސް އިލްތިމާސްކޮށްފި
.jpg&w=96&q=75)
21 ޖެނުއަރީ 2025 - 11:22

މާލެ އާއި ތިލަފުށްޓާއި ދެމެދުގައި ގާއިމްކުރާ "ތިލަމާލެ" ބުރިޖު އެޅުމަށް ބަންދުކޮށްފައިވާ ތިން ޗެނަލުން ދަތުރުނުކުރުމަށް އިމާރަތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން އެފަދައިން އެދިފައިވަނީ، އެ ތިން ޗެނަލް މެދުވެރިކޮށް، މިހާރު ވެސް ބައެއް އުޅަނދުތަކުން ދަތުރުކުރާ ކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެން ސޯޝަލް މީޑީޔާގައި ކުރި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އެގޮތުން ތިލަމާލެ ބުރިޖުގެ ގާއިމްކުރުމަށް ބަންދުކޮށްފައިވަނީ މާލެ އާއި ވިލިމާލެ ދެމެދުގައި އޮންނަ ޗެނަލާއި، ވިލިމާލެ އާއި ގުޅީފަޅާ ދެމެދު އޮންނަ ޗެނަލުގެ އިތުރުން، ގުޅީފަޅާއި ތިލަފުއްޓާ ދެެމެދު އޮންނަ ޗެނަލެވެ. މި ތިން ޗެނަލުން ދަތުރުނުކުރުމަށް މީގެ ކުރިން ވެސް ކަމާ ގުޅޭ އިދާރާތަކުން އެދިފައިވެއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާއިރު، އެ ބުރިޖު ނިންމާލެވޭނެކަމަށް ސަރުކާރުން އަންދާޒާކުރަނީ މި އަންނަ އަހަރުގެ ތެރޭގައެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.