logo
ޚަބަރު

ގެދޮރު އިމާރާތްކުރުމަށް ހުޅުވާލި ލޯނު ސްކީމަށް، މުއްދަތު ހަމަވި އިރު 2200 އަށްވުރެ ގިނަ ފޯމު

ޝަހްޒާ މުހައްމަދު
1 ޖޫން 2025 - 05:10
ގެދޮރު އިމާރާތްކުރުމަށް ހުޅުވާލި ލޯނު ސްކީމަށް، މުއްދަތު ހަމަވި އިރު 2200 އަށްވުރެ ގިނަ ފޯމު

ގެދޮރު އެޅުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި "ހިޔާވެހި" ލޯނު ސްކީމަށް އެދި 2200 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވ.

މި ސްކީމްގެ ފުރަތަމަ ބުރުގައި ފޯމު ހުށައެޅުމަށް ދިން މުއްދަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ މި ސްކީމްގެ މުއްދަތު ހަމަވިއިރު، ސްކީމަށް އެދި ޖުމްލަ 2256 ފޯމު ހުށައަޅާފައިވާކަމަށެވެ. މި ސްކީމް މައިގަނޑު ތިން ބަޔަކަށް ބެހިފައިވާއިރު، ކުދި ރަށްތަކަށް ޚާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު ވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އާބަން ސެންޓަރުތަކަށް ޚާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ.

ހިޔާވެހި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ހުޅުވާލި ފުރުޞަތެކެވެ. މި ސްކީމް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މިއީ 5އިންސައްތައިގެ ޕްރޮފިޓް މާޖިންއެއްގައި، 25 އަހަރުން އަނބުރާ ދައްކާގޮތަށް ދޫކުރާ ފައިނޭޝަލް ފެސިލިޓީއެކެވެ.

 


Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 2 މަސް ކުރިންގެދޮރު އިމާރާތްކުރުމަށް ހުޅުވާލި ލޯނު ސްކީމަށް، މުއްދަތު ހަމަވި އިރު 2200 އަށްވުރެ ގިނަ ފޯމުޚަބަރު | 3 މަސް ކުރިންޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާގެ އިމާރާތް އަޅަނީޚަބަރު | 3 މަސް ކުރިން