logo
Bank of Maldives

Bank of Maldives

ޚަބަރު

ފީއަލީގެ ބަނދަރުގެ މަސައްކަތާއި މިސްކިތުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 15:38
ފީއަލީގެ ބަނދަރުގެ މަސައްކަތާއި މިސްކިތުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

ފ. ފީއަލީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި، އެރަށުގައި މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫއު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޫއުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފީއަލީގެ ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައެވެ.

ފ. ފީއަލީގެ ބަނދަރު ތަރައްގީކުރުމަށާއި ޖެޓީ ހެދެމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

މި މަޝްރޫއުގެ ދަށުން 34,674 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 301 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 374 މީޓަރުގެ ބޭރުތޮށިލުމާއި، 20 މީޓަރުގެ ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 60.17 މިލިޔަން ރުފިޔާއަށް 550 ދުވަސްތެރޭ ނިންމާގޮތަށެވެ.

1350 މީހުންގެ އާބާދީއެއް އޮންނަ ފީއަލީގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމެވެ. މި ރަށު ބަނދަރު ކުޑަވުމުން މުދާ އަރުވައި ބޭލުމަށާއި އަރައިފޭބުމުގައި ދަތިތަކެއް ދިމާވާއިރު، މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބ،ި ލަފާފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ފީއަލީގައި މިސްކިތެއް އިމާރާތްކުރުމަށް އަފާފީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފީއަލީގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އަފާފީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.

ފ. ފީއަލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު މިސްކިތް ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް ހުންނާނެކަމަށް އިސްލާމީ ވުޒާރާއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީގައި ދެ ޒުވާނެއް ކަރަންޓުގައި ޖެހިގެން ފަރުވާދެނީޚަބަރު | 4 ގަޑިއިރު ކުރިންގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | 7 ދުވަސް ކުރިންތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!ޚަބަރު | 10 ދުވަސް ކުރިން