logo
MPL

MPL

ޚަބަރު

ތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!

އައިޝަތު ނަޝާ
19 އޭޕްރީލު 2026 - 11:42
ތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 71 އިންސައްތަ މަސައްކަތް ނިިމިފައިވާ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ބުނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ 71.60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިހާރު ސައިޓުގައި ކުރަމުން އަންނަނީ ބްރިޖު ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ބުނިގޮތުގައި، ބްރިޖު ޑެކަށް ބޭނުންވާ 1،222 ސެގްމަންޓުގެ ތެރެއިން މިހާތަނަށް 84 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދި 54 އިންސައްތަ ސެގްމަންޓް އިންސްޓޯލްކޮށް ވަނީ ނިމިފަ އެވެ. 

ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތް ކަމަށާއި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅާލައިފިޚަބަރު | 5 ދުވަސް ކުރިންއާމްދަނީ 5.1 ޕަސެންޓް އިތުރުވެއްޖެޚަބަރު | މަހެއް ކުރިންރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | މަހެއް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 2 މަސް ކުރިން