logo
Bank of Maldives

Bank of Maldives

ޚަބަރު

ފީއަލީގައި ދެ ޒުވާނެއް ކަރަންޓުގައި ޖެހިގެން ފަރުވާދެނީ

މަރިޔަމް މާޙީ
29 އޭޕްރީލު 2026 - 11:35
ފީއަލީގައި ދެ ޒުވާނެއް ކަރަންޓުގައި ޖެހިގެން ފަރުވާދެނީ

ފ. ފީއަލީގައި ގެއެއްގެ ފުރާޅުމަތިން ފައިބަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ދެ ޒުވާނަކަށް އިތުރު ފަރުވާ ދިނުމަށް އެ އަތޮޅު ނިލަންދޫއަށް ގެންގޮސްފިއެވެ.

މި ހާދިސާގައި ކަރަންޓުގައި ޖެހިގެން ފަރުވާ ދެމުންދަނީ ފީއަލީ ވެލްކަމް ގޭގެ ދެބެން ކަމަށްވާ އަޒީމް އާއި ޝާމް އަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ޒުވާނުން ކަރަންޓުގައި ޖެހުނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރަން އުޅުމަށްފަހު ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާ ހިނގުމާއެކު މި ދެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އެމީހުންގެ ހާލަތަށް ބަލައި އިތުރު ފަރުވާ ބޭނުންވާތީ، މިހާރު ވަނީ ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ދެ ޒުވާނުންނަށް ނިލަންދޫގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތެއް އަދި ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީގައި ދެ ޒުވާނެއް ކަރަންޓުގައި ޖެހިގެން ފަރުވާދެނީޚަބަރު | 2 ގަޑިއިރު ކުރިންފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ ވެންޓިލޭޓަރުގަޚަބަރު | 18 ދުވަސް ކުރިންފީއަލީގައި 15 ހެކްޓަރުގެ ބިން ބޮޑުކޮށްދޭނަން: ރައީސްޚަބަރު | 7 މަސް ކުރިންފީއަލީގެ ބަނދަރުގެ މަސައްކަތާއި މިސްކިތުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިޚަބަރު | 7 މަސް ކުރިން