logo
Bank of Maldives

Bank of Maldives

ޚަބަރު

ފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ ވެންޓިލޭޓަރުގަ

މުޙައްމަދު އަފްރާޙް
11 އޭޕްރީލު 2026 - 07:35
ފީއަލީފައި އަލިފާނުގެ ހާދިސާ ހިނގާފައި، ފޮޓޯ: އެމްއެންޑީއެފް
ފީއަލީފައި އަލިފާނުގެ ހާދިސާ ހިނގާފައި، ފޮޓޯ: އެމްއެންޑީއެފް

ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަށް ފަރުވާދެމުން އަންނަނީ ވެންޓިކޭޓަރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފިހިފައިވަނީ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، އޭނާ އަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލު ސީރިއަސްވުމުން މިހާރު ފަރުވާދެމުން އަންނަނީ މާލެ ގެނެސް އައިޖީއެމްއެޗުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވަނީ އޭޕްރިލް 9 ވަނަ ދުވަހުގެ ހެނދުނު 09:15 އެހައިކަންހާއިރުއެވެ. މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ބަނދަރުގައި އޮތް ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަލިފާންގަނޑު ފެތުރިގެން ގޮސް ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ވަނީ އަލިފާން ރޯވެ، އެއްކޮށް އަނދާފައެވެ.

ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ ވެންޓިލޭޓަރުގަޚަބަރު | ގަޑިއިރެއް ކުރިން ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އައިސްޕްލާންޓާއި ތިން ދޯނި އަނދައިފިޚަބަރު | 2 ދުވަސް ކުރިންފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އިތުރު އުޅަނދުތަކެއްގައި އަލިފާން ހިފައި އައިސްޕްލާންޓުގައި ވެސް ރޯވެއްޖެޚަބަރު | 2 ދުވަސް ކުރިންފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 2 ދުވަސް ކުރިން