logo
Bank of Maldives

Bank of Maldives

ޚަބަރު

ފީއަލީގައި 15 ހެކްޓަރުގެ ބިން ބޮޑުކޮށްދޭނަން: ރައީސް

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 16:03
ފީއަލީގައި 15 ހެކްޓަރުގެ ބިން ބޮޑުކޮށްދޭނަން: ރައީސް

ފީއަލީގައި 15 ހެކްޓަރުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ފ.ފީއަލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައްޔިތުން ހުށަހެޅި އެންމެ މުހިއްމު ކަމަކީ އެރަށުގައި ކުރިއަށްދާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ މައްސަލައެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައި އޮތުމާ، ފެނާ ނަރުދަމާގެ ހިދުމަތް އަވަސްކުރުމާ، ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ފަށާފަވާ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުން ވަނީ އެދިފައެވެ. އަދި ރަށުގައި މިހާރު ހިންގަމުންދާ އައިސް ޕްލާންޓް، ކައުންސިލްގެ ހިއްސާއެއް އޮންނަގޮތަށް ހިންގަވައިދެއްވުމަށް ކައުންސިލުން ވަނީ އެ މަނިކުފާނަށް ދަންނަވާފައެވެ.

ރައީސް ވަނީ ރަށުގައި ހުއްޓިފައިވާ މަސައްކަތްތައް އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން އަންނަ އަހަރު ފީއަލީގެ މަޝްރޫއުތަކަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެއިތުރުން އެ ރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ އަދި ކުންފުނިތަކުގައި ދަންނަވައިގެން އަވަސްކޮށްދެއްވާނެކަމަށްވެސް ރައިސް ވިދާޅުވިއެވެ.

"15 ހެކްޓަރު މިރަށުގެ ބިމުން ބޮޑުކޮށްދޭނަން. ހިލަޔާ ބޭނުންވާ ސާމާނު ލިބުމުގަ އަޅުގަނޑުމެންނަށް ދަތިތައް ދިމާވި، ނަމަވެސް މިހާރު ހައްލުވެ މަސައްކަތްތައް ދަނީ ފަށަމުން. އަދި އަލަށް ސޮއިކުރި މަޝްރޫއުތައްވެސް މި ދައުރުގެ ތެރޭގައި ގެންދާނަން" :ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދަތުރުފުޅުގައި ވަނީ ފީއަލީގެ ތަރައްގީއަށް ހިންގަވާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްވެސް ފައްޓަވާފައެވެ. އަދި ބައެއް މަޝްރޫއުތަކުގެ ނިމުންވެސް ވަނީ އިފްތިތާހުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައިޚް އިސްމާއީލް އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 14 ގަޑިއިރު ކުރިން''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''ޚަބަރު | ދުވަހެއް ކުރިންމަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައި، މަހުގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެކަމަށް ރައީސް ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިންމަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހާމަކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން