logo
ޚަބަރު

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނުހާ އަޙްމަދު
20 އޯގަސްޓު 2025 - 11:35
ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އއ. ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީއެވެ.

ފާލަން ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 52 މިލިޔަން ރުފިޔާގެ އަގަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ދަށުން ތޮއްޑޫގެ ދެކުނު ފަރާތުގައި 430 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޖެޓީގެ ފަޅު ފުންކުރުމާއެކު 70 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ތޮއްޑޫގައި ވަނީ ފެނާ ނަރުދަމާގެ ހިދުމަތް ވެސް ރަސްމީކޮށް ފައްޓަވައި ދެއްވާފައެެވެ. އެގޮތުން މިހިދުމަތް މި ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގެންނެވިއެވެ.

ތޮއްޑޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 29.7 މިލިޔަން ރުފިޔާއެވެ.

އަދި ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް މިއަދު ވަނީ ފަށައިފާއެވެ. އެރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވެފައިވަނީ މިދިޔަ ޑިސެންބަރުމަހު އެރަށައް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. އޭގެ 8 މަސްދުވަސް ފަހުން އެ ވައުދު ފުއްދަވައި މިހާރު މިވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފައެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒު ތޮއްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ކައުންސިލްގެ ފަރާތުން ވަނީ، ޓާރމިނަލަކާއެކު ސީ ޕްލޭންގެ ހިދުމަތް ފަށަން ބޭނުންވާކަމަށް އެމަނިކުފާނުގެ އަރިހުންގައި ދަންނަވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ރަށަށް ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަނަށް ދެއްވާފައެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހަކީ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް، ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ރައީސްޚަބަރު | 25 މިނިޓު ކުރިންއއ.އަތޮޅު ޙޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންރަސްދޫ ކައުންސިލުން އެދުނީ ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޚަބަރު | 2 ގަޑިއިރު ކުރިންތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް ޚަބަރު | 3 ގަޑިއިރު ކުރިން