logo
MPL

MPL

ޚަބަރު

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފި

ހުސައިން ވަސީމް
12 ޖޫން 2025 - 08:18
މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފި

މ. ކޮޅުފުށީގައި ކުރިއަށް ގެންދިޔަ 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރިހަމަކޮށް ނިންމާލައިފި އެވެ.

މ.ކޮޅުފުށިގައި އިމާރާތް ކުރި 100 ހައުސިން ޔުނިޓުގެ މި މަޝްރޫޢަކީ 121،612،127.97 ރުފިޔާގެ މަޝްރޫޢެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީ ހާމަކުރިގޮތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 100 އިންސައްތަ ނިމި، ރަށުގެ ރައްޔިތުންނަށް މިހާރު ބޭނުންކުރެވޭ ވަރަށް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރި 100 ހައުސިން ޔުނިޓަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި މިނިސްޓްރީއިން ބުނެ އެވެ. އަދި މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް މިނިސްޓްރީގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ހައުސިން މަޝްރޫއުތައް ފަށާފަ އެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި މިހާރު ވަނީ ހަވާލުކޮށްފަ އެވެ.އަދި އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

މިދައުރު ތެރޭގައި ގެދޮރުގެ މައްސަލަ ހައްލުކޮއްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޮންނަ އުސޫލުގެ ތެރެއިން ކައުންސިލުން އިއުލާން ކޮށްގެން ރަށްރަށުގައި ގޯތި ބޭނުންވާ ހުރިހާފަރާތްތަކަށް އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މި އަހަރުގެ ބަޖެޓްގައި އެއް ބިލިޔަން ރުފިޔާ ފަންޑެއް ބޯހިޔަވަހިކަމަށް ކަޑައަޅާފައިވާ ކަމަށާ ކޮންމެ އަހަރަކު އިތުރުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ހުރިހާ ޕްރޮސެސް އެއް ނިމުމުން މިއަހަރުގެ މެދެއްހާ ހިސާބުގައި ލޯނުތައް ދޫކުރެވެން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 17 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 18 ދުވަސް ކުރިންރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | މަހެއް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 2 މަސް ކުރިން