logo
E-Platinum
ޚަބަރު

މިދިޔަ މަހު އެކަނިވެސް މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ 34 މައްސަލައެއް

މަރިޔަމް ޔަނާ އަލީ
2 ސެޕްޓެމްބަރު 2024 - 13:50
މާލޭގެ މަގުމައްޗަށް ކުނި އަޅާފައި -- ފޮޓޯ/ މޯލްޑިވްސް ފައިނޭންޝަލް ރިވިއު
މާލޭގެ މަގުމައްޗަށް ކުނި އަޅާފައި -- ފޮޓޯ/ މޯލްޑިވްސް ފައިނޭންޝަލް ރިވިއު

މިދިޔަ މަހު އެކަނިވެސް މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ 34 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކަން ހާމަކޮށް ސިޓީ ކައުންސިލުން ސޯޝަލް މީޑިޔާގައި އާންމު ކުރި ރިޕޯޓެއްގައި ބުނީ، ސިޓީ ކައުންސިލުގެ ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓުން މިދިޔަ މަހު ވެސް، މާލޭގައި ހިނގި މުހިންމު ގިނަ ކަންކަމަށް އެޓެންޑްވެފައިވާ ކަމަށެވެ.

އެގޮތުން ލޭގެ ސާފުތާހިރުކަމާއި އާންމު ތަރުތީބާއި މަގުމަތީގެ ގަވާއިދުތަކަށް އަސަރުކުރާ ގިނަ ކަންބޮޑުވުންތަކެއް އެކަންކަމުން ފާހަގަ ކުރެވުނު ކަމުގައި އެ ރިޕޯޓުގައި ބުންޏެވެ.

އެގޮތުން އެ ރިޕޯޓުގައި ހާމަކޮށްފައިވާ، ދިމާވެ އަދި ބެލުނު މައްސަލަތަކުގެ ތެރޭގައި:

  • މަގުމައްޗާއި ގޯޅިތަކާއި ހުސްބިންތަކަށް ކުނިއެޅުމުގެ 34 މައްސަލަ
  • ބޯޑުނެތި މަގުމަތީ ގަވާއިދާ ހިލާފަށް މަސައްކަތްކުރުމުގެ ތިން މައްސަލަ
  • ފިހާރައިން ބޭރުގައި މުދަލާއި އަދި ތަކެތި ބެހެއްޓުމުގެ މައްސަލައެއް
  • އޭސީ، ދިޔަދޮވި އަދި އެހެނިހެން ގޮތުން މަގުމައްޗަށް ފެންފޭބުމުގެ އަށް މައްސަލަ
  • ހުއްދަ ނެތި ކައްކާ، ކާބޯތަކެތި ވިއްކާ ތަންތަން ބަލާ ފާސްކުރުމުގެ ހަތަރު މައްސަލަ
  • އެކި ކަންކަމުގައި ހަތަރު މީހަކު ޖޫރިމަނާ ކުރެވުުން
  • ޕާކުތަކާއި މިސްކިތްތަކުގައި މީހުން ނިދާތޯ ބެލުން

 

މާލެ ސިޓީ ކައުންސިލުން މުޅި މާލޭގައި ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ލޯކަލް އޮތޯރިޓީތަކާއި ގުޅިގެން އެފަދަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ދަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ކާނިވަލެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ ޚަބަރު | 8 ދުވަސް ކުރިންފާޑުކިޔުންތަކާ ހެދި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓު ނަގައިފިޚަބަރު | 4 މަސް ކުރިން72 ގަޑީރު ތެރޭ 4500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިފި ޚަބަރު | 7 މަސް ކުރިންއުސްގެކޮޅުން އާއްމުދަނީ ހޯދޭނެމަގު ފަހިކުރުމަށް ސިޓީ ކައުންސިލުން މަޝްވަރާކޮށްފިޚަބަރު | 7 މަސް ކުރިން