logo
Bank of Maldives

Bank of Maldives

ޚަބަރު

އުސްގެކޮޅުން އާއްމުދަނީ ހޯދޭނެމަގު ފަހިކުރުމަށް ސިޓީ ކައުންސިލުން މަޝްވަރާކޮށްފި

ރަނާ އަޙްމަދު ފަޔާޒް
15 ޖެނުއަރީ 2025 - 10:32
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ ރަސްމީ އާއްމު ޖަލްސާ -- ފޮޓޯ:  މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ ރަސްމީ އާއްމު ޖަލްސާ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސަލްޓަން ޕާކުގައި ހުންނަ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް އާސާރީ ބިނާ ކަމުގައިވާ އުސްގެކޮޅާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ ޖަލްސާގައި މަޝްވަރާކޮށްފިއެވެ .

މިކަމާ ގުޅޭގޮތުން ކައުންސިލުން މަޝްވަރާކުރީ، ދިވެހިބަހާ ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން އުސްގެކޮޅު "އިންޓަރެކްޓިވް މިއުޒިއަމް" އެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ބޭނުންވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ އާސާރީ ގޮތުން މާލޭގައި މިވަގުތު ފެންނަ އެއްޗެއްސާއި ބިނާތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމާއި އޭގެން މާލޭގެ ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތް ހެދުމަކީ ކައުންސިލުން ވެސް އެދޭ ކަމެއް ކަމަށެވެ. އަދި މިފަދަ ތަރިކަތައް ބެލެހެއްޓުމަކީ ކައުންސިލްގެ މައްޗަށް އޮތް ޤާނުނީ ޒިންމާއެއް ކަމަށް ވުމުން ، މިކަމާ ގުޅޭ ގޮތުން އިތުރަށް ތަރިކައާބެހޭ ވުޒާރާއާއެކު ވާހަކަ ދައްކަވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވި އެވެ.

މިކަމަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މީގެ ކުރިން ވެސް އުސްގެކޮޅު ތަރައްޤީ ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް އާއިރުވެސް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. އެގޮތުން މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކައުންސިލާއި މިނިސްޓްރީއާ އެކު ވަހާކަ ދެކެވި، މިގޮތަށް ހުންނަ އާސާރީ ކޮންމެ ބިނާ އަކީ ޤައުމަށް އެންމެ ފައިދާ ބޮޑުކަމަކަށް ފެންނާތީ އާމްދަނީއެއް ލިބޭނެ ގޮތަށް ތަރުތީބުވެގެން ދިއުމަށް އެންމެ މަތިން ފެށިގެން މަސައްކަތް ކުރުން ކަމަށެވެ.

މި ގަނޑުވަރުގެ ސަލާމަތުން ހުރި ބައި މިހާރުވެސް ސަލްޓަން ޕާކުގައި ފެންނަން އެބަހުއްޓެވެ. މި ގަނޑުވަރަކީ ދިވެހި ރަސްކަމުގެ 800 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަނޑުވަރެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | މަހެއް ކުރިންއެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | މަހެއް ކުރިންމަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 2 މަސް ކުރިންރާއްޖޭގެ ޒުވާނުންގެ 46 އިންސައްތަ ދިރިއުޅެނީ މާލޭގައިޚަބަރު | 3 މަސް ކުރިން