logo
MPL

MPL

ޚަބަރު

މާލޭ ސަރަހައްދުގައި ދެ ޕާކިން ބިލްޑިންގް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖުލައި 2026 - 02:11
 މާލޭ ސަރަހައްދުގައި ދެ ޕާކިން ބިލްޑިންގް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ

މާލޭ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ދެ ޕާކިން ބިލްޑިންގް އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުމާއި އުޅަނދުތައް އިތުރުވުމުގެ މައްސަލައަކީ ހަމައެކަނި ވަގުތީ ހައްލެއް ގެނެސްގެން ނިމޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ނިމި، އަންނަ ހަފުތާގެ ތެރޭގައި އެ މަގު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކުގައި އޮންނަ ބާރުބޮޑުވުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކިން ބިލްޑިންގްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ މި މަސައްކަތް ކުރުމަށް ނިންމާފައި އޮތީ ބޭރުގެ އެހީގައި ކަމަށްވާތީ، މަސައްކަތް ފެށުން ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ސަރުކާރުން ނިންމާފައިވަނީ ދައުލަތުގެ ހަރަދުގައި މިއަހަރުގެ ތެރޭގައި ދެ ޕާކިން ބިލްޑިންގްގެ މަސައްކަތް ފެށުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުވެސް ދެތިން ޕާކިން ބިލްޑިންގެއްގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި އިމާރާތްތައް ނިމުމުން އުޅަނދުތައް ޕާކުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރައާ ހަމައަށް އޮންނަ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަވާފައިވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން