logo
MPL

MPL

ޚަބަރު

ބޭރު މަގު މަޝްރޫޢުން މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބޭނެ: ރައީސް ޑރ. މުޢިއްޒު

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖުލައި 2026 - 01:50
''ބޭރު މަގު މަޝްރޫޢުން ގެނެސްދެނީ މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް''

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ސަބަބުން މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުމަގު ފުޅާކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ، އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ސަރަޙައްދު ހުޅުވުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.

މި މަޝްރޫޢުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، އަލަށް ތަރައްޤީކުރި ސަރަޙައްދުގައި 500 އެއްހާ ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މަގު ފުޅާކުރުމަށްޓަކައި މާލޭ ފަޅުން ބައެއް ހިއްކާފައިވީ ނަމަވެސް، އެ ސަރަޙައްދުގައި ކީ-ވޯލް ތަކެއް ޖަހާފައިވުމުން ލޯންޗް ފަހަރަށް ކައިރިކުރަން ކުރިއަށްވުރެ ބޮޑު ޖާގައެއް ލިބި، މުދާ އެރުވުމާއި ބޭލުމުގައި ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތް ނިމުމުން އިއްޒުއްދީން ފާލަމުން ފެށިގެން އައިޖީއެމްއެޗާ ހަމަޔަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ. އަދި މަގުގެ އަރިމަތީގައި ޕާކުކުރުމުގެ ބަދަލުގައި، އަލަށް ހިއްކި ސަރަހައްދުގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ބެންޗުތަކާއި، ހިޔާ ލިބޭނެ އިންތިޒާމުތަކުގެ އިތުރުން މަގުތައް ހިތްފަސޭހަ ކުރުމަށް ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގެ އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ، އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބޭނީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެވިގެން ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެއީ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ތިބުމުގެ ޖާގައެއް ނުދޭނަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންރިޒާވް ރެކޯޑް އަދަދަކަށް އިތުރުކުރެވި، ދަރަނީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރެވިއްޖެ: ރައީސްޚަބަރު | 13 ގަޑިއިރު ކުރިން ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް، 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަނީޚަބަރު | ދުވަހެއް ކުރިންރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސްޚަބަރު | ދުވަހެއް ކުރިން