logo
Bank of Maldives

Bank of Maldives

ޚަބަރު

ފާޑުކިޔުންތަކާ ހެދި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓު ނަގައިފި

ހުސައިން ވަސީމް
18 މާރިޗު 2025 - 14:29
ފާޑުކިޔުންތަކާ ހެދި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓު ނަގައިފި

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި ސާފުކޮށް، އެތަނުގައި ބައިބަލާ ކޯޓެއް ހެދުމުން އާންމުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުން މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އިސްވެ އޮވެ، މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު އެ މަސައްކަތް ފެށީ އެ ބިމުގައި ޕާކިންއެއް އެޅުމުގެ ނަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން އޭރު ވެސް ޢާންމުންގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުރިއަށް އޮތް މި އަހަރުގެ ބައިބަލާ މުބާރާތާ ގުޅުވައި މާފަންނު ސަހަރާގެ ސާފުކޮށްފައިވާ ބިމެއްގައި ބައިބަލާ މައިޒާނެއް ވަނީ ހަދާފަ އެވެ. އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ބައިބަލާ ކޯޓު އެތަނުން ނަގާފަ އެވެ.

މައިޒާނުގެ ފޮޓޯއަކާއެކު ސޯޝަލް މީޑީޔާގައި ހިއްސާކުރައްވަމުން ދިވެހި ތާރީޚު ދިރާސާކުރާ ނާޖިހް ދީދީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ގާތް ތިމާގެ މީހުންގެ ގަބުރުތަކަށް އެއްވެސް ގަދަރެއް އަދި އިހްތިރާމެއް ނެތި ނަގައި އެއްލާލާފައި، އެތަނުގައި މޭޔަރު އާދަމް އާޒިމް ހިމެނޭ ސިޓީ ކައުންސިލުން ހަދަނީ ބައިބަލާ މައިޒާނެއް ކަމުގައި ނާޖިހް ފާހަގަކުރައްވައިފައިވެއެވެ.

އެހެން ނަމަވެސް އެ ސަހަރާގައި ކުޅިވަރު ކުޅޭނެ މައިޒާނެއް ބިނާކުރީ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ކަމުގައި މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ބޮޑު ކަމެއް ސިޓީ ކައުންސިލުގެ ހުއްދަ ނެތި ނުކުރެވޭނެ ކަމުގައި ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

މާފަންނު ސަހަރާގައި ޕާކިން ބިނާކުރަން ސިޓީ ކައުންސިލުން ނިންމުމުން ވެސް ގިނަ އާންމުން އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން އެ ތަނަކީ ރާއްޖޭގެ ތާރީޚުގެ އަގުހުރި ތަރިކައެއް ކަމަށާއި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި ޝަހީދުވި ބައެއް ފަރާތްތައް ވަޅުލެވިފައިވަނީ ވެސް އެ ސަހަރާގައި ގިނަ ފަރާތްތަކުން ފާހަގަކުރިއެވެ. އެހެން ނަމަވެސް އެ ކަންބޮޑުވުންތަކަށް މިހާރުގެ މޭޔަރު އާޒިމް އަދި ކައުންސިލުން އިޖާބަދީފައެއް ނުވެއެވެ

މާފަންނު ސަހަޜަގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ޖުލައި މަހު 1651 ތަން ބަލައިފިޚަބަރު | މަހެއް ކުރިންމާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފިޚަބަރު | މަހެއް ކުރިންމާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭޚަބަރު | 2 މަސް ކުރިންމާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދަނީޚަބަރު | 3 މަސް ކުރިން