logo
Bank of Maldives

Bank of Maldives

ޚަބަރު

72 ގަޑީރު ތެރޭ 4500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިފި

ރަނާ އަޙްމަދު ފަޔާޒް
15 ޖެނުއަރީ 2025 - 11:19
ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގައި ފެން ބޮޑު ވެދާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން ފާއިތުވި ހަތް ދިހަ ދެ ގަޑިއިރު ތެރޭގައި މާލެ ސިޓީ ކައުންސިލުން ، މާލޭގެ އެކިސަރަހައްދު ތަކުގައި 4500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.

ކުރިއަށް މިއޮތް ދުވަސްތަކަކީ މޫސުން ގޯސްވާނެ ދުވަސްތަކެއްކަމަށް މެޓު އޮފީހުން ލަފާކޮށްފައިވުމާއެކު ދުރާލާ މިކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ މުއައްސަސާތަކެއް ގުޅިގެން ވަނީ މަސައްކަތްތައް ފަށާފައެވެ. ފެންބޮޑުވުމުގެ ބިރު އޮތް ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް، ގުޅުންހުރި އެކިއެކި މުއްސަސާތަކުންނާއި އާންމު ރައްޔިތުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ފޯރުކޮށްދެއްވަމުން ގެންދާކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މުހިންމު މަސައްކަތް ތަކުގައި އެމްއެންޑީއެފް، ފުލުހުންގެ ހިދުމަތް، ސިޓީތަކާއި އިދާރާތަށް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، އާރުޑީސީ އެންޑީއެމްއޭ އަދި ރެޑް ކްރެސެންޓުން ދެއްވަމުން ގެއްދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މާލޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތުގެ ތެރެއިން ކައުންސިލުން ވަނީ އަންގާރަ ދުވަހު ވިލިމާލޭގައި ވެސް ވެލިބަސްތާ ޖެހުމުގެ އިތުރުން ފަސޭހައި ފެންހިންދުމަށް ޓަކައި ޕޯސްޓް ބިލްޑިން ކުރިމަތިން ކޯރު ކެނޑުމުގެ މަސައްކަތް ވެސް މިނިސްޓްރީ އޮފް ސިޓީސް އަދި އެމް.އެން.ޑީ އެފް ގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ވިލިމާލޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން އަންގާރަ ދުވަހުގެ ރެއާ ހަމަޔަށް 136 ވެލިބަސަތާ އެކި ސަރަހައްދު ތަކުގައި ޖަމާކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ.

މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ މިފަދަ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ދިރިއުޅެން ހިތް ފަސޭހަ މާހައުލަކަށް މާލެ ސަރަހައްދު ހެދުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިކަންކަން ހާސީލް ކުރުމަށް ކައުންސިލްގެ އެންމެހާ މުވައްޒަފުން ގުޅިގެން މަސައްކަތް ހަލުވިދުވެލީގައި ކުރުމަށް ކައުންސިލުން ބާރުއަޅަމުންދާ ކަމަށް ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިޚަބަރު | 2 ދުވަސް ކުރިންގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިޚަބަރު | 4 ދުވަސް ކުރިންސަފާރީ އެއްގައި ރޯވެ އަނދަނީޚަބަރު | 4 ދުވަސް ކުރިންދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ:އެންޑީއެމްއޭޚަބަރު | 4 ދުވަސް ކުރިން