logo
E-Platinum
ޚަބަރު

މާލޭގައި ޢިމާރާތްކުރާ ފަރާތްތަކުން ޢަމަލުކުރަމުންދާގޮތުން މަގުތައް ހަލާކުވަމުންދާތީ އެކަން ބައްލަވަން މޭޔަރ ނިންމަވައިފި

މަރިޔަމް ޔަނާ އަލީ
5 ޑިސެމްބަރު 2024 - 13:04
ފޮޓޯ--/ މާޅެ ސިޓީ ކައުންސިލް
ފޮޓޯ--/ މާޅެ ސިޓީ ކައުންސިލް

މާލެސިޓީގައި ޢިމާރާތްކުރާ ފަރާތްތަކާއި އެކި ބޭނުންތަކަށް މާލޭގެ މަގުތައް ކޮންނަ ފަރާތްތަކުން މިހާރު ޢަމަލުކުރަމުންދާ ގޮތުން، މާލެ ސިޓީގެ މަގުތަކާއި ދުވާރުތައް ހަލާކުވަމުންދާތީ، އެ ކަން ބައްލަވަން މޭޔަރ އާދަމް ޢާޒިމް ނިންމަވައިފިއެވެ.

އެކަން އެ މަނިކުފާނު ހާމަކުރެއްވީ، އިއްޔެ ބޭއްވުނު، މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލެ ސިޓީގައި ދިރިއުޅުއްވާ ޢާއްމު ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ، ކޮންސްޓްރަކްޝަން މަސައްކަތްކުރައްވާ ކުންފުނިތަކާއި އެކި ބޭނުންތަކަށް މާލޭގެ މަގުތައް ކޮންނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ކުރުމުގެތެރޭގައި ހަލާކުވެގެންދާ މަގާއި ދުވާރުގެބައި މަރާމާތު ނުކުރާކަމުގެ ޝަކުވާއެވެ. އަދި މަގުތައް ކޮންނަ ފަރާތްތަކުން، މަގުން ކޮންނަ ތަނުގައި ރީޗަށް ގާ އަތުރާފައި ނުހުންނަ ކަމުގެ ޝަކުވާއެވެ.

ހަމަޖެހިފައިވާ ގޮތަށް، ރަނގަޅަށް ކަންތައް ކުރެވޭ ނަމަ، މަގުތަކާއި ދުވާރުން ހަލާކުވާ ތަންތަން މަރާމާތު ނުކޮށް، މަސައްކަތްކުރައްވާ ކުންފުނިތަކަށް ދޭން ޖެހޭ ހުއްދަތައް ނުދެވޭނެކަމަށް މޭޔަރ ވިދާޅުވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ބަލަންވާ ވަރަށް ނުބެލޭތީ، މަގުތަކާއި ދުވާރުތަކުން ހަލާކުވާ ބައި މަރާމާތު ނުކޮށް އަދި ގާ އެތުރުމުގެ މަސައްކަތް ރަނގަޅަށް ނުކޮށް، ކުންފުނިތަކުން ދަނީ ކަމަށް، މޭޔަރ ވިދާޅުވިއެވެ. އެހެން ކަމުން މި ހިނގާ ޑިސެމްބަރ މަހުން ފެށިގެން، ސީދާ އެ މަނިކުފާނު ވަޑައިގެން ކޮންސްޓްރަކްޝަން މަސައްކަތް ހިނގާ ސައިޓްތައް ބައްލަވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ކާނިވަލެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ ޚަބަރު | 9 ދުވަސް ކުރިންފާޑުކިޔުންތަކާ ހެދި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓު ނަގައިފިޚަބަރު | 4 މަސް ކުރިން72 ގަޑީރު ތެރޭ 4500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިފި ޚަބަރު | 7 މަސް ކުރިންމާލެ ސިޓީ ކައުންސިލްގެ ދެ ސެކްޝަންގެ ހިންގުން ތައިސޭ ކޮށްޓަށް ބަދަލުކޮށްފިޚަބަރު | 7 މަސް ކުރިން