logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ދެ ސެކްޝަންގެ ހިންގުން ތައިސޭ ކޮށްޓަށް ބަދަލުކޮށްފި

ައަލިފާން ރޯވި ސަރަހައްދު
ައަލިފާން ރޯވި ސަރަހައްދު

މާލެ ސިޓީ ކައުންސިލްގެ ދެ ސެކްޝަންކަމުގައިވާ، ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން، އަދި ވައިޓަލް ރަޖިސްޓްރޭން ސެކްޝަންގެ ހިންގުން، އެއިދާރާގެ ޢާއްމު ޚިދުތަތްކާބެހޭ ބައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭ ކޮށްޓަށް ބަދަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 12ގައި ހިނގި އަލިފާނުގެ ހާދިސާގައި މި ދެ ސެކްޝަންއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބެފައެވެ. އެހެންކަމުން، މި ސެކްޝަންތަކުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އަލިފާނުގެ ހާދިސާގައި، ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން ހިންގަމުން ދިޔައީ ހައުސިން މިނިސްޓްރީގެ އިމާރާތުގައެވެ.

އަލިފާން ރޯވި ސަހަރައްދުގައި ހުންނަވައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައިވަނީ، ވައިޓަލް ރެޖިސްޓްރޭޝަން އޮފީސްގެ އިމާރާތުގެ ތެރޭގައި 1960 އިން ފަށައިގެން މާލޭގައި އުފަންވި އެންމެންގެ ލިޔެކިޔުންތަކާއި ގެދޮރުގެ ރެޖިސްޓްރޭޝަންތައް ހުންނާނެ ކަމަށެވެ.

މި ގެނެވުނު ބަދަލާއި ގުޅިގެން، މިހާރު މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން، އަދި ވައިޓަލް ރަޖިސްޓްރޭން ސެކްޝަންގެ ޚިދުމަތްތައް ލިބޭނީ ތައިސޭ ކޮށިންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އެކި ސަރަހައްދުތަކުން ވިއްކާފައިވާ ޕާކިން ޒޯންތައް މިހާރު އެންމެންނަށް ވެސް ބޭނުން ކުރެވޭނެ ޚަބަރު | މަހެއް ކުރިންބާޒާރުމަތީ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | މަހެއް ކުރިންމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޚަބަރު | 2 މަސް ކުރިންމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއްޚަބަރު | 2 މަސް ކުރިން