logo
ޚަބަރު

ފިޔަވަޅުތަކާއެކު އާސަންދަ އާއި ސަބްސިޑީގެ ހޭދަ ދަށަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޑިސެމްބަރު 2024 - 07:34
ފިޔަވަޅުތަކާއެކު އާސަންދަ އާއި ސަބްސިޑީގެ ހޭދަ ދަށަށް

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އާސަންދަ އާއި ސަބްސިޑީއަށް ކުރި ހޭދަ ދަށަށް ގޮސްފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް' ދައްކާ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އާސަންދަ އާއި ސަބްސިޑީއަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން މި އަހަރު އާސަންދައަށް 1.88 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކުރި 1.98 ބިލިއަން ރުފިޔާއަށްވުރެ 101.5 މިލިއަން ރުފިޔާ ދަށްވުމެކެވެ.

ސަބްސިޑީ ދިނުމަށް ދައުލަތުން ކުރާ ހަރަދު ވެސް ދަށަށް ގޮސްފައިވާއިރު ސަބްސިޑީއަށް މި އަހަރު 3.44 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރި 3.67 ބިލިއަން ރުފިޔާއަށްވުރެ 233.3 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިއީ އާސަންދަ އާއި ސަބްސިޑީ ދިނުމުގައި ވަމުންދާ އިސްރާފު ކުޑަކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެވެ.

އާސަންދަ އަށް ގެންނަ ހުރިހާ ބަދަލުތަކުން 600 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސިއުލިން ދިނުން ހުއްޓާލައިފައެއް ނުވާނެ: އާސަންދަޚަބަރު | 15 ދުވަސް ކުރިންއަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި ޚަބަރު | މަހެއް ކުރިންބޭހަށް އަގު ކަނޑައެޅުމުގެ އުސޫލެއްނެތް، އާސަންދަ ލިސްޓަށް ބޭސް އިތުރުކުރަން ދިގު މުއްދަތެއް ހޭދަވޭޚަބަރު | މަހެއް ކުރިންއާސަންދައިން ލިބެން ހުންނަ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅަނީ ޚަބަރު | 2 މަސް ކުރިން