logo
ޚަބަރު

އިންސިއުލިން ދިނުން ހުއްޓާލައިފައެއް ނުވާނެ: އާސަންދަ

އައިމިނަތު މޫސާ
19 އޯގަސްޓު 2025 - 11:05
އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު
އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު

އިންސިއުލިން ދިނުން ހުއްޓާލުމަށް އެއްވެސް އިރަކު ނިންމާފައިނުވާ ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން މިހެން ބުނެފައިވަނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންސިއުލިން ދިނުން ހުއްޓާލުމަށް އެއްވެސް އިރަކު ނިންމާފައި ނުވާ ކަމަށާއި، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ދޮގު މައުލޫމާތުތައް ސިޔާސީ ބޭނުންތަކަށް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

 ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ގިނަ ބަޔަކަށް ދަތިވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި އެ ވާހަކަތައް މިފަހުން ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ވިހެއުމަށްފަހު ބޭނުންކުރާ އެކި ކަހަލަ ބޭސްތަކާއި، ތެލަސީމިއާ ޕޭޝަންޓުންގެ ބޭސްތަކާއި، އެ ނޫން ވެސް ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެއެވެ.

އާސަންދައިން ދަނީ ހަކުރު ބައްޔަށްް ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން، ހަކުރު ބައްޔަށް 2021 ވަނަ އަހަރު 101 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 152.9 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 164.7 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް ވަނީ އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އޮތީ ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއެވެ.

 

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސިއުލިން ދިނުން ހުއްޓާލައިފައެއް ނުވާނެ: އާސަންދަޚަބަރު | 11 ދުވަސް ކުރިންއަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި ޚަބަރު | މަހެއް ކުރިންބޭހަށް އަގު ކަނޑައެޅުމުގެ އުސޫލެއްނެތް، އާސަންދަ ލިސްޓަށް ބޭސް އިތުރުކުރަން ދިގު މުއްދަތެއް ހޭދަވޭޚަބަރު | މަހެއް ކުރިންއާސަންދައިން ލިބެން ހުންނަ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅަނީ ޚަބަރު | 2 މަސް ކުރިން