logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފި

އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު
އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު

ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ އެގައުމުގެ 7 ހޮސްޕިޓަލަކުން މިހާރުވެސް އާސަންދަ ލިބޭނެ ކަމަށާއި އެގޮތުން ކިންގްސް ހޮސްޕިޓަލް ކޮލަމްބޯ، އަސިރީ ހޮސްޕިޓަލް، އަސިރީ ސަރޖިކަލް، އަސިރީ ސެންޓްރަލް ހޮސްޕިޓަލް، ނަވްލޮކާ ކޮލަމްބޯ، ނަވްލޮކާ ނިގަމްބޯ އަދި ދޫރްދާންސް ހޮސްޕިޓަލް ހިމެނޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މި ޚިދުމަތް ފުޅާކުރުމަށް އެދިފައިވާ 15 ހޮސްޕިޓަލަކާއެކު މަޝްވަރާގެ މަރުހަލާގައި މަސައްކަތް ކުރަމުންދާކަމަށާއި މިވަގުތު 6 ހޮސްޕިޓަލަކާއެކު ޚިދުމަތް ދިނުމަށް އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް އާސަންދައިން ބުނެއެވެ. އަދި އެހޮސްޕިޓަލްތަކުން ޚިދުމަތްލިބެން ފެށުމާއެކު، ބޭސްފަރުވާއަށް ރާއްޖެއިން ލަންކާއަށް ދާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް ފުޅާވެ، ފަސޭހަ އިންތިޒާމެއްގެ ތެރެއިން ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނެކަމަށް ވަނީ ބުނެފައެވެ.

އާސަންދައަކީ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މިނިޒާމުގެ ދަށުން ކޮންމެ ދިވެއްސަކަށް ހިލޭ ބޭސްފަރުވާ ދައުލަތުގެ ޚަރަދުގައި ކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އާސަންދައިން އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރެއެވެ.

އާސަންދައިން ބުނެފައިވަނީ މިޚަރަދުގެ ބޮޑުބައެއް ހޭދަވަނީ ބޭސް ގަތުމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ދައުލަތުގެ ބޭސް ކުންފުނި އުފައްދަވާ، ބަލްކް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ބޭސް އެތެރެކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް"ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަގެ ދަށަށްޚަބަރު | 16 ގަޑިއިރު ކުރިންލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފިޚަބަރު | 10 ދުވަސް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | މަހެއް ކުރިން