logo
MPL

MPL

ޚަބަރު

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ހައްޔަރުކޮށް، އެގައުމާ ހަވާލު ކޮށްފި

އައިޝަތު ނަޝާ
5 ޖުލައި 2026 - 05:15
 މީހަކު މަރާލި މައްސަލައެއްގައި ތުހުމަތުވާ މީހަކު ރާއްޖޭން ލަންކާއަށް ފޮނުވާލައިފި

ސްރިލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު، ރާއްޖޭން ލަންކާއަށް ފޮނުވާލައިފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ވަކީލާއި އޭނާގެ އަނބިމީހާ މަރާލައިފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑެއިލީ މިރާގައިވާ ގޮތުން، ރާއްޖޭން ފޮނުވާލި މީހާއަކީ، އެ ދެ މީހުންގެ ގަޔަށް ބަޑި ޖެހި މީހުން ތިބި އުޅަނދު ދުއްވަން އިން މީހާއެވެ.

އެ މީހާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ރާއްޖޭން އޭނާ ލަންކާއަށް ފޮނުވާލީ އިއްޔެ ކަމަށް އެ ނޫހުގައިވެ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ރިޕޯޓުކޮށްފައިނުވެ އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، އެ މީހާ ލަންކާއަށް ގެންދިއުމަށްފަހު އެ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހަކު މަރާލި މައްސަލައެއްގައި ތުހުމަތުވާ މީހަކު ރާއްޖޭން ލަންކާއަށް ފޮނުވާލައިފިޚަބަރު | 2 މަސް ކުރިންލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފިޚަބަރު | 3 މަސް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 4 މަސް ކުރިން