logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

މަރިޔަމް މާޙީ
22 މޭ 2026 - 06:47
ލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

އެކި ބޭނުންތަކުގައި ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން، އެ ގައުމަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީ.ޓީ.އޭ) ހޯދަންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން އަލުން ހަމަޖައްސައިފިއެވެ.

މި ނިންމުމާއެކު، ލަންކާގެ ރައްޔިތުން ފިޔަވައި އެ ގައުމަށް އެތެރެވާ އެހެން ހުރިހާ ގައުމެއްގެ ރައްޔިތުންނަށް މި ހުއްދަ ހޯދުން މަޖުބޫރުވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްރީލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަމަލުކުރަމުންދިޔަ، އީ.ޓީ.އޭ ނުނަގައި ލަންކާއަށް އެތެރެވޭ އުސޫލު ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން، މި ހިނގާ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތަކުން އަލުން މި ހުއްދަ ހޯދަންޖެހޭނެއެވެ.

މި ބަދަލާ ގުޅިގެން ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުމުގައި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުން 25 އޭޕްރީލް އިން ފެށިގެން އީ.ޓީ.އޭ ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންނަށް މީގެ ކުރިން ވެސް އޮންނަ އުސޫލުގެ ދަށުން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ.

ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން، ދަތުރު ފެށުމުގެ މަދުވެގެން 24 ގަޑިއިރު ކުރިން އެ ގައުމުގެ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އީ.ޓީ.އޭ އަށް ހުށަހަޅަންޖެހެއެވެ.

ލަންކާ ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ އެ ގައުމަށް އެތެރެވާ ފަރާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި، ބޯޑަރު ކޮންޓްރޯލް ވަރުގަދަކުރުމުގެ ބޭނުމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 16 ދުވަސް ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 16 ދުވަސް ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 17 ދުވަސް ކުރިން