ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ލަންކާގައި "ކުލަގަދަ" ހަފުލާއެއް ބާއްވައިފި
24 ޖުލައި 2026 - 14:19

ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ހަފްލާއެއ ބާއްވައިފި އެވެ.
އެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ސްރީލަންކާގެ މިނިސްޓާ އޮފް ހެލްތު އެންޑް މީޑިއާ ޑރ. ނަލިންދަ ޖަޓިއްސާ އެވެ. އަދި މި ހަފުލާގައި ދެ ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ލަންކާގައި ހުންނަ ރާއްޖޭގެ ހައިކަމިޝަނުން ބުނީ ޑރ. ނަލިންދަ ޖަޓިއްސާ އެ ހަފުލާގައި ވާހަކަ ދައްކަވަމުން ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބަލާލެއްވި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ސްރީލަންކާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މެއި މަހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ބަދަހިވެ، އާ ހަރުފަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ސަފީރު ވާހަކަ ދައްކަވާފައިވެ އެވެ.
މި ހަރަކާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ދައްކުވައިދޭ އައިޓަމްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ބޮޑުބެރާއި މާފަތި ޖެހުން ފަދަ އައިޓަމްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ.


