logo
Bank of Maldives

Bank of Maldives

ޚަބަރު

"މީޤާތު އީމާން ފޯވަހި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ލަންކާގަ

މުޙައްމަދު އަފްރާޙް
12 ފެބްރުއަރީ 2026 - 13:33
"މީޤާތު އީމާން ފޯވަހި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ލަންކާގަ

މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން "މީޤާތު އީމާން ފޯވަހި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް އަވަށްޓެރި ސްރީލަންކާގައި ފަށައިފިއެވެ.

މިއީ ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ (ސޯސަން ވިލާ) އާގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ދީނީ އިލްމުވެރިންނާއެކު ކުރިއަށްގެންދާ މި ހަރަކާތްތައް ފެށި މި މަހުގެ 11 ގައެވެ. އަދި 14 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ހަރަކާތުގައި ދަރިވަރުންގެ ސެޝަންތަކާއި އާންމު ފޯރަމްތަކާއި އިލްމީ އެކި ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި ހުކުރު ހުތުބާއާއި ބެލެނިވެރިންގެ ސެޝަންތަކާއި ޒުވާނުންނާއެކު ކޮފީ ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

 މީގެއިތުރުން ބަންގި ގޮވުމާއި ދަސްކޮށްދިނުމާއި ބަންގިއާބެހޭ ހުކުމްތައް ދަސްކޮށްދިނުމުގެ ސެޝަންތައް ވެސް ކުރިއަށްގެންދާނެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ޝައިޚުންނާ ވަކިވަކިން ބައްދަލުކޮށް، ދީނީ މައުލޫމާތު އުނގުނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

 މި ހަރަކާތުގައި ޝައިޚް ޢަބްދުﷲ ސަޢުދާން، ޝައިޚް ޢަބްދުﷲ ރަޝީދު، ޝައިޚް ޙުސައިން އަންޞާރު ބައިވެރިވެވަޑައިގަންނަވައެވެ.

6 ޖުލައި 2023 ގައި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވA މީޤާތު ހައްޖު އެންޑް ޢުމްރާ ގްރޫޕުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެކި މަސްތަކަށް ބަހާލައިގެން އުމްރާ އަށް މީހުން ގެންދަމުންނެވެ. އަދި ދީނީގޮތުން ހޭލުންތެރިކުރުވުމުގެ ތަފާތު އެކި ސެޝަންތައް ވެސް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މީޤާތު އީމާން ފޯވަހި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ލަންކާގަޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | 9 ދުވަސް ކުރިންސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފިޚަބަރު | 2 މަސް ކުރިންލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | 2 މަސް ކުރިން