އާސަންދައިން ލިބެން ހުންނަ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅަނީ


01 ޖުލައި 2025 - 11:52
ބައެއް ފާމަސީތަކުން އާސަންދައިން ލިބެން ހުންނަ ބޭސް ވިއްކާ ކަމުގެ ޝަކުވާ ލިބޭ ކަމަށާ އެގޮތަށް ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅަނެ ކަމަށ ްއަސަންދައިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އާމިނަތު ޒީނިޔާ ވިދާޅުވީ، ބައެއް ފާމަސީތަކުން އާސަންދައިންލިބެން ހުންނަ ބޭސް އާސަންދައިން ލިބެން ނެތް ކަމަށް ބުނެ އެ ބޭސް ވިއްކާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.މިއީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށްވެސް ޒީނިޔާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވީ މިފަދަ ޝަކުވާ ލިބުމުން އެމައްސަލަތައް އާސަންދަ ކުންފުނިން ބަލަމުން އަންނަ ކަމަށެވެ. ފާމަސީތަކާ ބެހޭ ހާއްސަ އުސޫލްތަކެއް އެންސްޕާއިން ހަދާފައިވާ ކަމަށާ އެ އުސޫލް އިސްލާހުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށާ އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އާސަންދައިން އަޅަ ފިޔަވަޅުތަކުގެ ސަބަބުން އާސަންދައިގެ ދަށުގައި ބޭސް ހުންނަ ނަމަ ބޭސް ފިހާރަތަކަށް އެ ބޭސް އާސަންދައިގެ ދަށުން ދޭން މަޖުބޫރު ވާނެ ކަމަށެވެ. އަދި އާސަންދައިގެ ތެރެއިން ލިބެން ހުންނަ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށްވެސް ލިބޭ ތިކަހަލަ ޝަކުވާ އާސަންދަ ބޯޑު ޖަހާފަ އާސަންދައިގެ ތެރެއިން ބޭސް ދޫނުކޮށް ހަމަ ގަންނަން އަޅުގަނޑުމެންވެސް ހަމަ ތަޖުރިބާ ކޮށްފައެބަހުރި އެކަހަލަ ކަންތައް ހާލަތްތައް މިކަހަލަ ޝަކުވާ ލިބުނީމަ އަޅުގަނޑުމެން އެކަން ބަލަން ، ކުރިއަށް އޮތްތަނުގަ އާޅުގަނޑުމެން މިނަގާ ފިޔަވަޅުތަކުގެ ތެރޭގައި ހަމަ ފާމަސީތަކަށް މަޖުބޫރު ވާނެ އާސަންދައިގެ ދަށުގަ ހުރިކަމަށް ވަންޏާ އާސަންދައިގެ ތެރެއިން ހުރިހާ ބޭހެއް ދޭން އެކަހަލަ ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެން ހަމަ މަސައްކަތް ކުރަމުން މިގެންދަނީ އުސޫލު ބަދަލް ކޮށްގެން
އާސަންދައިން ބުނި ގޮތުގައި، އާސަންދައިން ނުލިބޭ ބޭހެއްނަމަ އެކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެއެވެ. މީގެ އިތުރުން، ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހެއްވެސް އާސަންދަ ޚިދުމަތްދޭ ފާމަސީތަކުން ފޯރުކޮށްދޭނީ ހިލޭކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މިހާރު ދަނީ ދައުލަތުގެ މާލީ ނިޒާމު އިސްލާހުކުރުމުގެ ގޮތުން އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި އާސަންދައިން ދޫކުރާ، އާންމުން އެންމެ ގިނައިން ބޭނުންކުރާ 250 ބޭހުގެ އަގު ކޮންޓްރޯލުކުރުން ހިމެނެއެވެ.
އިތުރު ލިޔުންތައް
މިއަހަރުގެ 2 ވަނަ ކުއަރޓާގައި އާސަންދަ ސްކީމަށް 823 މިލިޔަން ރުފިޔާ
އަހަރެއް ކުރިން
"ޒަކާތު ފަންޑުގެ އެހީގައި ގެންދިޔަ ބަލިމީހާއަށް އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދިން"
10 މަސް ކުރިން
އާސަންދައިގެ އިސްރާފު ކުޑަކުރުމުގެ އަމާޒު: ބޭހުގެ އަގަށް އައި ހެޔޮ ބަދަލު އަންނަ އަހަރު ފެންނާނެ
8 މަސް ކުރިން