logo
Bank of Maldives

Bank of Maldives

ޚަބަރު

ކްލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދެނީ

އިސްމާޢިލް ރާތިޢު
31 ޑިސެމްބަރު 2025 - 05:44
ކްލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދެނީ

ދިވެހީންގެ މެދުގައި އޮތް އެންމެ ޒަމާންވީ އެއް ކަންބޮޑުވުން ކަމަށްވާ އަގުހެޔޮކޮށް ނަންބަރު އައިނު ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް، ކްލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖުތިމާއި ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމު، "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެތެރެއިން، ނަންބަރު އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކުރުމުގެ ގޮތުން، ކްލިނިކުތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބުކުރައްވާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

މިކަން ތަންފީޒުކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކުރުމަށްފަހު، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށޭނެކަމަށް އެންސްޕާއިން ބުނެއެވެ.

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރާއެއްވެސް ހުޅުވާފައެވެ. އަދި އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

 މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސް ސިޓީ ފޯޖްކޮށްގެން ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނެގި މައްސަލައެއް ޚަބަރު | މަހެއް ކުރިންކްލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދެނީޚަބަރު | 2 މަސް ކުރިންއިންސިއުލިން ދިނުން ހުއްޓާލައިފައެއް ނުވާނެ: އާސަންދަޚަބަރު | 6 މަސް ކުރިންއަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި ޚަބަރު | 6 މަސް ކުރިން