logo
MPL

MPL

ޚަބަރު

އާސަންދައިން ރައްޔިތުންނަށް އިތުރު ލުޔެއް: އަންނަ މަހުން ފެށިގެން އެމްބިއުލާންސް ދަތުރު ކަވަރ ކުރާނެ!

އިސްމާޢިލް ރާތިޢު
30 މާރިޗު 2026 - 05:03
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ގިނަ ރައްޔިތުން ތަކެއްގެ ޒަމާންވީ ކަންބޮޑުވުމަކަށް ހައްލު ހޯދައިދެއްވާ، އަންނަ މަހުން ފެށިގެން އެމްބިއުލާންސްގެ ޚިދުމަތް އާސަންދައިން ކަވަރ ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ވަކި ހާލަތްތަކެއް މެދުވެރިވެގެން އެމްބިއުލާންސްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް އޭޕްރިލް 1 އިން ފެށިގެން ދެވޭނެ ކަމަށެވެ. އެ ހާލަތްތަކަކީ:

Ad by Hajj Corporation

Ad by Hajj Corporation

  • އެމަރޖެންސީގައި ހޮސްޕިޓަލަށް ގެންދެވޭ ފަރާތްތައް
  • މައްޔިތުން އުފުލުން
  • އެނދުމަތިކޮށްފައިވާ ފަރާތްތައް އޯޕީޑީ އަށް ގެންދިއުން
  • ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތައް އޯޕީޑީ އަށް ގެންދިއުން
  • އެކިކަހަލަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އޯޕީޑީ އަށް ގެންދިއުން
  • ޞިއްޙީ މަރުކަޒެއްގައި އެނދުމަތިކޮށްފައިވާ ފަރާތެއް ރީލޮކޭޓް ކުރަންޖެހޭ ހާލަތެއްގައި އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިއުމަށް
  • ތެލެސީމިއާ ޕޭޝަންޓުން އޯޕީޑީ އަށް ގެންދިއުން

ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ އެދުމެއް ކަމަށާއި މި ބަދަލަކީ ވަރަށް ގިނަ މަޝްވަރާތަކަކަށްފަހު ގެނެވުނު ބަދަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ރައްޔިތުން ތަކަކަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 6 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | 20 ގަޑިއިރު ކުރިންއިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ކާމިޔާބީތަކަކާއެކު ރައީސްގެ ދެކަނބަލުން ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންމޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީޚަބަރު | ދުވަހެއް ކުރިން