logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޒަކާތު ފަންޑުން ދިން އެހީ ޣައްޒާއަށް

އާމިނަތު ޝަފާ
24 ޑިސެމްބަރު 2024 - 15:34
ޒަކާތު ފަންޑުން ދިން އެހީ ބެހުމުގެ ތެރެއިން
ޒަކާތު ފަންޑުން ދިން އެހީ ބެހުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރުގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވައިފިއެވެ.

އެ ފައިސާ ޤަތަރުގެ ރެޑް ކްރެސެންޓާ ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން މީގެ ކުރިން ވުޒާރާއިން ހާމަކުރިއެވެ.ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ހިންގުން ވަރުގަދަ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ގާއިމުކޮށްފަ އެވެ.

މިއީ ޒަކާތު ފަންޑުން، ރާއްޖޭން ބޭރުގެ ބަޔަކަށް އެހީވާ ފުރަތަމަ ފަހަރެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ހާމަކުރާގޮތުގައި މި ފައިސާހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. ޒަކާތު ފަންޑުން ދޭ އެއް ލައްކަ ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށެވެ.

ޒަކާތު އެހީގެ ދަށުން މިހާރު ވޯޓާ ސަޕްލައި ޕްރޮޖެކްޓެއް ޣައްޒާގައިި ލޯންޗްކޮށްފައިވާކަމަށާއި މީގެ ތެރެއިން 6،000 ފުޅީގެ ފެން އަލް ޝިފާ ހޮސްޕިޓަލާއި އަލް ހަޔާތް ހޮސްޕިޓަލުގައި ތިބި ޒަހަމްވެގެން ފަރުވާ ހޯދަމުންދާ މީހުންނަށާއި ބަލި މީހުންނަަށް ބަހާފައިވާކަމަށް ޤަތަރުގެ ރެޑް ކްރެސެންޓުން މައުލޫމާތުދެއެވެ. އަދި ބާކީ 50،000 ފެން ފޮށިގަނޑު 60،000 ޣައްޒާގެ ރައްޔިތުންނަށް ބަހަން ނިންމާފައިވާ ކަމަށް ވެސް ޤަތަރުގެ ރެޑް ކްރެސެންޓުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި 500 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި ޚަބަރު | 8 ގަޑިއިރު ކުރިންބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭ 24 މީހަކަށް އެހީވިޚަބަރު | 2 ދުވަސް ކުރިންޙައްޖުވެރިންގެ ކަންކަމުގައި ކުރިއެރުން: އެންމެ ބޮޑު ކުރިއެރުމަކީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނިގެންދިއުންޚަބަރު | 3 ދުވަސް ކުރިންސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކުރައްވައިފިޚަބަރު | 4 ދުވަސް ކުރިން