logoEN
ޚަބަރު

ހިޔާ ފްލެޓްގައި މީހަކު ރަހީނުކުރުން: އެންމެން ބަންދުން ދޫކޮށްލާ ދައުވާކުރަން ފޮނުވައިފި

ހުސައިން ވަސީމްހުސައިން ވަސީމް

25 ޑިސެމްބަރު 2024 - 04:56

ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޗެނެރަލްގެ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައްޔަރު ކުރި 12 މީހުންވެސް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލާގައި ހައްޔަރު ކުރި މީހުންނަކީ އާދަމް ހުސެއިން ލ. މާވަށް، ޖަމީލާ މަންޒިލް (48އ)* އިބްރާޙިމް ނަޝީދު ލ. އިސްދޫ، ހިޔާލީ ގުލްޝަން (34އ)* އަހުމަދު ސަމީހު ބ. ގޮއިދޫ، ނައިޓްސްޓަރ (22އ)* އިސްމާޢިލް ވިޝާމް މުހައްމަދު ވ. ގާމާ (29އ)* ވިޝާމް މުހައްމަދު ގދ. ވާދޫ، ޗިޗަންޑާގެ (23އ)* ވިސާން މުހައްމަދު ހުޅުމާލެ، ހިޔާ 14-17-3 (30އ)* މުސްތާގު ޝާކިރު ގދ. ވާދީ، ޖަނަވަރީގެ (37އ)* ހަސަން ގާލިބް މ. ކޮޅުފުށި، އާރެސް (38އ)

ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން އުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިގެން މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 19:40 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ރަހީނުކޮށްފައިވާ މީހާ ހުރި ހިޔާ ފްލެޓްގެ އެޕާޓްމަންޓަށް ފުލުހުން ދިޔައިރު އޭނާގެ ބޮލާއި ތުނބުޅި މަތިމަސް ވަނީ ބާލާފަ އެވެ. އަދި އިންޒާރު ދީ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެމީހާ ސަލާމަތް ކޮށްފަ އެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރާ ތަނެއް ކަމަށެވެ. އަދި އެރޭ ފުލުހުން އެތަން ބަލާ ފާސްކުރި އިރުވެސް އެތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder