ޚަބަރު
އެފްކޮންސްގެ މުވައްޒަފަކު ޒަޚަމުވެ މަރުވެފައި އޮއްވާ ފެނިއްޖެ
މުހައްމަދު މޫސާ
01 އޮކްޓޯބަރު 2024 - 05:36
ތިލަމާލެ ބުރިޖުގެ މަސައްކަތުގައި އުޅުނު މީހަކު ޒަޚަމުވެ، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޒަޚަމްތަކަކާއެކު އޮތް މީހަކު މިއަދު ފަތިހު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
''މިހާތަނަށް ބެލިބެލުމުން އެމީހާއަކީ ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގާ އެފްކޮންސްގެ މުވައްޒަފެއްކަން އިނގިފައިވޭ'' ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާ ޒަޚަމްތަކާއެކު އޮއްވާ ފެނުނީ ބްރިޖްގެ ވިލިމާލެ ސައިޓްގައި އޮއްވާ ރޭ ފަތިހުކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.