ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ކޮންމެ އަހަރަކު 1 ޢުމްރާ ދަތުރު ދޭން ނިންމައިފި

ޢުމްރާ ދަތުރުގެ ލިޔުން ހަވާލުކުރުނަް--ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓް

25 ޑިސެމްބަރު 2024 - 06:12
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ޢުމްރާ ދަތުރެއް ދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފަށައިފައިވާ މަޝްރޫޢުއަށް މީޤާތު ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ ފަރާތުން ކޮންމެ އަހަރަކު 1 ޢުމްރާ ދަތުރު ދޭން ނިންމައިފިއެވެ.
މިކަން އިޢުލާން ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ޙައްޖު ޢުމްރާ ކޮންފަރެންސްގެ ތެރޭގައެވެ. އެ ކޮންފަރެންސްގެ ތެރެއިން އެ ކުންފުނިން ވަނީ އިސްލާމިކް މިނިސްޓްރީގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް އެކަުމުގެ ލިޔުންވެސް އަރުވާފައެވެ.
ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޡުކުރާ ކުދިން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރާ ކަމެއްކަމަށެވެ. އަދި މިކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުން ވަޒީރު އިޢުލާން ކޮށްފައިވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހަ ޙާފިޡުންނަށް ވަނީ ފުރުސަތު ދީފައެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
8 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
8 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
8 މަސް ކުރިން