logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޑިސެމްބަރު 2024 - 11:27
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކުރީ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދުގެ އަމުރުގައިވާގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ސައްޑާމް ހުސައިން އާއި 31 އަހަރުގެ އެމް.ޑީ ތަމަންނާ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ އެމް.ޑީ ތަމަންނާގެ ލަގެޖުންނެވެ.

އެމް.ޑީ ތަމަންނާ ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާއާ މީހަކު ހަވާލުކުރި ތަކެތި ކަމަށެވެ. އަދި ސައްޑާމް ހުސައިން އަކީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން އެ ތަކެއްޗާ ހަވާލުވާން އައި މީހާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ސީންގައި ސައްޑާމް ހުސައިން ބުނެފައިވަނީ އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަން ގެނައި ތަކެތި ކަމަށެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، ދެ މީހުންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކްރިމިނަލް ކޯޓިން ވަނީ 30 ދުވަސް ޖަހާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަނެއް ކުއްޔަށްދޭނެކަމަށް ބުނެ މަކަރާ ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށްޚަބަރު | ގަޑިއިރެއް ކުރިންއުސޫލާ ހިލާފަށް ފުލެޓް އަދި ގޯތިދިން މައްސަލައިގައި ކުރީ ސަރުކާރުގެ އިސްވެރިންތަކަކަށް ދައުވާ ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 2 މީހަކު ހޯދަނީ ޚަބަރު | 17 ދުވަސް ކުރިންމީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 18 ދުވަސް ކުރިން