އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ސިންހް އަވާހަރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް

27 ޑިސެމްބަރު 2024 - 05:05
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންހޯމަން ސިންހް އަވާހަރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިއްޔެގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ.
އެގޮތުން ރައީސް މުޢިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ދަނޑިވަޅުގައި މަންހޯމަންގެ ޢާއިލާއަށާއި، އިންޑިޔާގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި، އިންޑިޔާގެ ރައްޔިތުންނާ އެކީގައި ހިތާމަކުރައްވާމަށް އެ ޕޯސްޓުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޮޑުވަޒީރު ސިންހު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ސިންގްގެ ކުރިއެރުމާއި، "ލުކް އީސްޓް ޕޮލިސީ" ހަރުދަނާ ކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ލީޑާޝިޕަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ތަރައްޤީއާއި އެއްބާރުލުން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ކަމެއް ކަމުގައި ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ސިންހް ދިހަ އަހަރު ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވި އިރު، އެމަނިކުފާނަކީ ޖަވާހަރްލާލް ނެހްރޫ އާއި އިންދިރާ ގާންދީ، އަދި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަހު، އެންމެ ދިގު މުއްދަތަކަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން