logo
E-Platinum
ޚަބަރު

ވައިގެ މަގުން އެތެރެކުރަން އުޅުނު 2 ކިލޯގެ ޑްރަގް އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޑިސެމްބަރު 2024 - 18:25
ވައިގެ މަގުން އެތެރެކުރަން އުޅުނު 2 ކިލޯގެ ޑްރަގް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 2.4 ކިލޯގެ ޑްރަގް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، ވައިގެ މަގުން އެތެރެކުރަން އުޅުނު ޖުމްލަ 2.4 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 0.32 ކިލޯގެ ހެރޮއިންނާއި، 2.1 ކިލޯގެ މެފެޑްރޯން އެވެ.

މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން އެތެރެކުރަން އުޅެނިކޮށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަންނަނީ މިގޮތަށް އެތެރެކުރަން އުޅޭ ޑްރަގް އަތުލައިގަތުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފިޚަބަރު | 2 މަސް ކުރިންސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފިޚަބަރު | 3 މަސް ކުރިންވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް އަތުލައިގެންފި ޚަބަރު | 4 މަސް ކުރިން ވައިގެމަގުން އެތެރެކުރަން އުޅުނު 1 ކިލޯގެ ޑްރަގް އަތުލައިގެންފިޚަބަރު | 4 މަސް ކުރިން