logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖޫން 2025 - 18:24
ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފި

ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހުސާން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް އިން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ.

މިތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ އަށް އަރާ ކަމަށް ވަޒީރު އިހްސާން ވިދާޅުވެފަވެއެވެ.

"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން. މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން،". ވަޒީރު ވިދާޅުވެފަވެއެވެ.

 

 

ކަސްޓަމްސް އިން މިރޭ ބުނީ އަތުލައިގަތީ ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. އަދި އެއީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިނޮއިޑްސް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތެއްދެއްވާ ކަމެކެވެ. މިގޮތުން ކުރެވޭ މަސައްކަތުން މި ދައުރުގައި ވަނީ ރެކޯޑް އަދަދަކަށް މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގައި ރެކޯޑް އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުން އަލުން މުޖުތަމައު އަށް ނެރުމަށް ފަރުވާ ޕްރޮގްރާމް ވެސް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށް، އެންޑީއޭގެ ދައުރު ވަނީ ވަރަށް ވޮޑަށް ފުޅާކޮށްފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ޒަމާނީ ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށައި އެކަމަށް ބޭނުންވާ ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމެޓީ މަރުހަލާގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި ޚަބަރު | 10 ގަޑިއިރު ކުރިންހަނިމާދޫގައި ޑްރަގް ވިއްކުމުގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވާލައިފިޚަބަރު | 4 ދުވަސް ކުރިންސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ޒިވާރު ސަސްޕެންޑުކޮށް ކަސްޓަމުން މައްސަލަ ބަލަނީޚަބަރު | 4 ދުވަސް ކުރިން