logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް އަތުލައިގެންފި

އަޙްމަދު ޒަލީފް
19 މާރިޗު 2025 - 14:12
ވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް އަތުލައިގެންފި

ވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަތީ މިމަހުގެ 18 ވަނަ ދުވަހު މެލޭޝިޔާއިން ރާއްޖެ އައި 3 ފަސިންޖަރެއްގެ ލަގެޖުގުން ކަމަށެވެ. އަދި އެ ސާމާނު ފެނިފައިވަނީ އެމީހުންގެ ލަޖެޖުގައި ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ:

• ނެނޯ ސްޓިކް – 1714
• ޓެރިއާ ސްޓިކް – 200
• ކެލިބަރން ކާޓްރިޖް – 96
• ވީމޭޓް ކާޓްރިޖް – 50
• ވޭޕް ފްލޭވަރ ލިކުއިޑް (ފުޅި) - 2

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ވޭޕްގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ޒިވާރު ސަސްޕެންޑުކޮށް ކަސްޓަމުން މައްސަލަ ބަލަނީޚަބަރު | 2 ދުވަސް ކުރިން242 ވޭޕް ފްލޭވާ ފުޅި ފުލުހުން އަތުލައިފިޚަބަރު | 2 މަސް ކުރިންވޭޕް ބޭނުންކުރުން އަދިވެސް ނުހުއްޓޭ، 35 މީހަކު ޖޫރިމަނާކޮށްފި ޚަބަރު | 4 މަސް ކުރިންރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފިޚަބަރު | 4 މަސް ކުރިން