logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު ނަޝާ
30 ޖުލައި 2026 - 08:32
ކަނޑުމަގުން އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެއަށް އައިސްފައިވާ މުދާ އުފުލާ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރޭގައި މާލެ ކޮމާޝަލް ހާބަރުން ކަމަށެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ "މެތްއެމްފެޓަމީން" އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2231 ގްރާމް (2.2 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފަ އެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަކީ ޤައުމީ ސަލާމަތާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ޑްރަގް ވިޔަފާރިކުރާ ބަންގްލަދޭޝް މީހުންގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިޚަބަރު | 17 ދުވަސް ކުރިންކާށިދޫއިން ޑްރަގް ނެޓްވޯކެއްކަމަށް ތުހުމަތުވާ ބަޔަކު އަތުލައިގެންފިޚަބަރު | 21 ދުވަސް ކުރިންދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | މަހެއް ކުރިންކަނޑުމަގުން އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 މަސް ކުރިން