logo
MPL

MPL

ޚަބަރު

އައްޑޫއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖުލައި 2026 - 10:27
ކަސްޓަމްސް އިން އަތުލައިގެންފައިވާ ޑްރަގްގެ އޭއައި ފޮޓޮއެއް،
ކަސްޓަމްސް އިން އަތުލައިގެންފައިވާ ޑްރަގްގެ އޭއައި ފޮޓޮއެއް،

އައްޑޫ ސިޓީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 18 ވީ ބުރާސްފަތި ދުވަހު އިންޑިއާއިން ރާއްޖެއަށް އައި އެ ގައުމުގެ ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން، އެމީހުންގެ ލަގެޖުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރިއިރު، އެމީހުންގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ތަހުލީލުކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައެވެ.

އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5540 ގްރާމް (5.54 ކިލޯ) ހުރިއިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރިއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުން ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާ ސާމާނާއެކު ރަސްދޫން 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިންކަސްޓަމްސް ޓެރިފް ޕޭޖުން ޕްރޮޑަކްޓަކްޓް ގެ ނަން ޖަހާލުމުން ޑިއުޓީ ރޭޓާ އެއްކޮށް ފެންނާނެޚަބަރު | 20 ދުވަސް ކުރިންރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: އިހްސާންޚަބަރު | 25 ދުވަސް ކުރިން48 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެއްވަދޫއިން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން