މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް އެއާޝޯއެއް ބާއްވަނީ


30 ޑިސެމްބަރު 2024 - 11:10
ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް އަލަށް ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއަރބަސް އޭ330 ދައްކާލުމަށް އަންނަ ހޯމަ ދުވަހު އެއާޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، މި ޚާއްޞަ މުނާސަބަތު ފާހަގަކުރުމަށް 6 ޖަނަވަރީ 2025 ވާ ހޯމަ ދުވަހު ފޯރިގަދަ އެއަރޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
"މި ޚާއްޞަ މުނާސަބަތު ފާހަގަކުރުމަށްޓަކައި، އަޅުގަނޑުމެން 6 ޖަނަވަރީ 2025 (ހޯމަ ދުވަހު) ގައި ފޯރިގަދަ އެއަރޝޯއެއް ބާއްވަން ގަސްދުކުރަން" މޯލްޑިވިއަނުން ބުނެފައިވެއެވެ.
މި ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފުރަތަމަ ފަށާނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށް މޯލްޑިވިއަނުން ހާމަކޮށްފައިވެއެވެ. ހަފްތާއަކު ތިން ދަތުރު މި ތިން ސިޓީއަށް ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
264 މީހުންގެ ޖާގައިގެ މި މަތިންދާބޯޓުގައި ތިން ކެޓަގަރީއެއްގެ ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސް އަދި ޕްރިމިއަމް ކްލާހެވެ.
މޯލްޑިވިއަންގެ އުދުހުންތައް ފުޅާކުރުމަށްޓަކައި، އެ ކުންފުނީގެ ފްލީޓު ބޮޑުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށްޓަވާފައެވެ. މި އައު މަތިންދާބޯޓަކީ އެ މަސައްކަތުގެ ތެރެއިން ގެނެވޭ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓެވެ.
މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ގެންނަ ވައިޑް ބޮޑީ އެއަރކްރާފްޓު ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
އިތުރު ލިޔުންތައް

"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙުކޮށްފި
6 މަސް ކުރިން
މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުވެގެން ފުރުން ލަސްކޮށް، ފަސިންޖަރުން ބާލައިފި
5 މަސް ކުރިން
ކޫއްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާކޮށްފި
5 މަސް ކުރިން