logo
ޚަބަރު

20 ރަށެއްގެ ފެނާއި ނަރުދަމާ ނިމިއްޖެ، މަޝްރޫޢުތަކަށް 1.34 ބިލިއަން ރުފިޔާ

އަޙްމަދު ޒަލީފް
31 ޑިސެމްބަރު 2024 - 16:06
20 ރަށެއްގެ ފެނާއި ނަރުދަމާ ނިމިއްޖެ، މަޝްރޫޢުތަކަށް 1.34 ބިލިއަން ރުފިޔާ

ޖުމްލަ 1.34 ބިލިއަން ރުފިޔާ ޚަރަދުކޮށް 20 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުތައް ނިންމާލައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކުރައްވައިގެން ކުރިޔަށްގެންދިޔަ މަޝްރޫޢުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރޭގައި ހިމެނެނީ 5 ރަށުގެ ފެނުގެ ނިޒާމު ޤާއިމް ކުރުމާއި، އަދި 15 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. 

އެމްޑަބްލިޔުއެސްސީން ފެނުގެ ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކަކީ، ހއ.މުރައިދޫ، ށ.ފީވައް، ނ.ހެނބަދޫ، ރ.އިންނަމާދޫ، އ.އ.މަތިވެރިއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކަކީ، ހއ. ވަށަފަރު، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހދ.ހިރިމަރަދޫ، ހދ.ކުމުންދޫ، ށ.ގޮއިދޫ، ނ.މާފަރު، ނ.ފޮއްދޫ، ރ.ފައިނު، ބ.ކަމަދޫ، ބ.މާޅޮސް، ޅ.އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ.ހިމަންދޫ، އއ.ފެރިދޫ އަދި އެންމެ ފަހުރަށް ކަމުގައިވާ ހއ.ވަށަފަރެވެ. 

މިމަޝްރޫޢުތަކުގެ ދަށުން، ރަށްރަށުގައި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ޤާއިމްކޮށް، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މީގެ އިތުރުން، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ހަމަ މިއާއި އެކު، ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވިގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީޚަބަރު | 6 ގަޑިއިރު ކުރިންއެމްޑަބްލިޔުއެސްސީ އިން ހިމަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފިޚަބަރު | 17 ދުވަސް ކުރިންއެމްޑަބްލިއުއެސްސީގެ 10،000 ޓަނުގެ ފެން ރައްކާ ކުރާ ތާނގި ބޭނުންކުރަން ފަށައިފިވިޔަފާރި | 19 ދުވަސް ކުރިންއެމްޑަބްލިޔުއެސްސީ އިން ކެންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހްކޮށްދެއްވައިފިޚަބަރު | 25 ދުވަސް ކުރިން