ދުވަހަކު ވެސް ނަސީބަކުން ބައި ލައްކަ ރުފިޔާ ނުލިބޭ މީހުންނަށް، މި އޮތީ އެ ހޯދުމުގެ ފުރުސަތު!
![މަޖީދީ މަގުގައި ހުންނަ އީ ޕްލެޓިނަމުގެ ފިހާރަ: އެ ފިހާރައިން ވަނީ 50،000 ރުފިޔާގެ ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފައި -- ފޮޓޯ: އަޙްމަދު ސަދޫފް މޫސާ / މެންދުރު](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F2.jpg&w=3840&q=75)
މަޖީދީ މަގުގައި ހުންނަ އީ ޕްލެޓިނަމުގެ ފިހާރަ: އެ ފިހާރައިން ވަނީ 50،000 ރުފިޔާގެ ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފައި -- ފޮޓޯ: އަޙްމަދު ސަދޫފް މޫސާ / މެންދުރު
![އަޙްމަދު ސަދޫފް މޫސާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F2(2).jpg&w=3840&q=75)
01 ޖެނުއަރީ 2025 - 12:46
ދުވަހަކު ވެސް ލަކީ ޑްރޯއަކުން ނުވަތަ ނަސީބަކުން ނަމަވެސް ، ބައިލައްކަ ރުފިޔާ ނުލިބޭ ފަރާތްތަކުން އަދި ހާސްވާނެ ކަމެއް ނެތެވެ. މި އޮތީ ނަސީބަކުން، ބައި ލައްކަ ރުފިޔާ، ކޭޝްކޮށް ހޯދުމުގެ ފުރުސަތެވެ.
އެހާ ބައިވަރު ފައިސާ ހޯދުމަށް، ކުރަން މި ޖެހެނީ ވަރަށް ކުޑަކަމެކެވެ. އެއީ މި މަހުގެ 31 ގެ ކުރިން މަޖީދީ މަގު، އޮލިމްޕަސް ކުރިމައްޗަށް، ކަނާތަށް ވާ ގޮތަށް ހުންނަ އީ-ޕްލެޓިނަމްގެ ފިހާރައަށް ވަދެ، މަދުވެގެން 2،000 ރުފިޔާ ޚަރަދުކޮށްލުމެވެ. އެ ފައިސާއަށް އެ ފިހާރައިން އެއްޗެއް ގަތުމުން ބައިލައްކަ ރުފިޔާގެ ނަސީބުގައި ހިމެނުނީއެވެ. ދެން ވީ ދުޢާކޮށްލަ ކޮށްލާ ހުންނާށެވެ.
މިއީ އީ-ޕްލެޓިނަމް ނުވަތަ ކުރީގެ އީމުދާފުށިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަސްޓަމަރުންނަށް ހުޅުވާލި "50،000 ކޭޝް ޕްރޮމޯޝަން" ގެ ދަށުން ކުރިއަށް ގެންދާ އޮފާއެކެވެ. ނަސީބު ގަދަކަމުން ނުވަތަ ނަސީބު ދެރަކަމުން ނަމަވެސް، ޚަރަދުކުރަން މި ޖެހެނީ ލިބެން އޮތް އަގުގެ ގާތްގަޑަކަށް އެންމެ ހަތަރު އިންސައްތައެވެ. ފޯރިގަދަ އެ ޕްރޮމޯޝަނުގައި މިހާރު ވެސް ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު އަދި ވެސް އެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.
އީޕްލެޓިނަމް ފިހާރައިން ލިބެން ހުންނަ އެކި ބާވަތުގެ ތަކެތި: އެ ފިހާރައިން ވަނީ ބައިލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައޮފައި -- ފޮޓޯ: އަޙްމަދު ސަދޫފް މޫސާ / މެންދުރު
މި ޕްރޮމޯޝަން ކުރިއަށްގެންދާ އީ- ޕްލެޓިނަމްއަކީ ދުނިޔޭގެ އެންމެ ކޮލެޓީ އަދި އެންމެ އިތުބާރު ހިފޭ ވައްތަރުގެ ފޯނާއި، ގަޑީގެ އިތުރުން އެ ނޫން ވެސް އިލެކްޓްރޯނިކްސް ވިއްކާ ފިހާރައެކެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އެޕަލް ބްރޭންޑުގެ ޕްރޮޑަކްޓްތަކާއި، ސެމްސަންގް، ވަން ޕްލަސް، ވީވޯ، ގޫގުލް، ޒިއޯމީ އަދި މި ފަހުން މަޝްހޫރުވި ނަތިން ބްރޭންޑުގެ ފޯނުތަކުގެ އިތުރުން ވެސް ތަފާތު އެކި ބްރޭންޑްތަކުގެ ފޯނާއި ތަކެތިި އެ ފިހާރައިން ލިބޭނެއެވެ.
އީޕްލެޓިނަމް ފިހާރައިން ލިބެން ހުންނަ އެކި ބާވަތުގެ ތަކެތި: އެ ފިހާރައިން ވަނީ ބައިލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައޮފައި -- ފޮޓޯ: އަޙްމަދު ސަދޫފް މޫސާ / މެންދުރު
ރާއްޖޭގެ އެންމެ ހެޔޮ އަގުގައި އެފަދަ ތަކެތި އެ ފިހާރައިން ލިބެން ހުންނައިރު، މިހާރު އީ ޕްލެޓިނަމް އިން ވަނީ އެކި ސައިޒުތަކުގެ ކޮލެޓީ ބްރޭންޑްތަކުގެ ޓީވީ އާއި އަޑު ބާރު މާޝަލް އަދި ޖޭބީއެލްގެ ސްޕީކަރުތައް ވެސް ވިއްކަން ފަށާފައެވެ.
އީޕްލެޓިނަމް ފިހާރައިން ލިބެން ހުންނަ އެކި ބާވަތުގެ ތަކެތި: އެ ފިހާރައިން ވަނީ ބައިލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފައި -- ފޮޓޯ: އަޙްމަދު ސަދޫފް މޫސާ / މެންދުރު
މީގެ އިތުރުން ދަތުރުތަކާއި ޗުއްޓީތަކުގައި ޢާންމުކޮށް ބޭނުންކުރާ ކެމެރާތައް ކަމުގައިވާ އިންސްޓާ 360 އެކްސް ތްރީ އާއި، ޑައިވިންގައި ވެސް ބޭނުންކޮށްލެވޭ އޮސްމޯ އެކްޝަންގެ އިތުރުން، އޭގެ ޑައިވިން ކިޓް ވެސް އީޕްލެޓިނަމް އިން ލިބޭނެއެވެ. އަދި ޑީޖޭއައި ބްރޭނުގެ ޑްރޯނުގެ އިތުރުން، އެންމެ ފަހުގެ ލެޕްޓޮޕްތައް ވެސް މިހާރު އެ ފިހާރައިން ލިބޭނެއެވެ. އޭގެ ތެރޭގައި ގޭމިންއަށް ޚާއްސަ ލެޕްޓޮޕްތައް ވެސް އެ ފިހާރައިން ލިބޭނެއެވެ. އަދި ގިނަ ޒުވާނުން އެންމެ ބޭނުންވާ ޕީއެސް 5 ވެސް އެ ފިހާރައިން އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.