logoEN
ޚަބަރު

ތިލަފުށީގެ ޕްރޮޖެކްޓް ނިމުމުން ދުވާލަކު 500 ޓަނުގެ ކުނި އެންދިގެންދާނެ

މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޢަބްދުالله ސިނާން

މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޢަބްދުالله ސިނާން

ރާއްޖޭގައި ކުނި މެނޭޖް ކުރަމުންދާ ވެމްކޯގެ ޙިދުމައްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު ޝުއާއު ހަނީފް އަދި މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޢަބްދުالله ސިނާން ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވެމްކޯގެ ހިދުމަތްތައް ރާއްޖޭތެރެއަށް ފުޅާވެގެން ދާނެ ކަމެވެ.

ރަށްރަށުގައި ވެމްކޯގެ ސަރވިސްތައް ފަށަން ހަމަޖެހިފައިވާއިރު، ކުނި ނައްތާލުމުގައި މީހުންގެ ހެލުންތެރުކަން އިތުރު ކުރުމެގެ ޕްރޮގްރާމްތަކެއްވެސް ވެމްކޯއިން ފަށައިފައިވާކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މިގޮތުން "ފައްޓަމާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށާ، އާއިލީ ހަވީރުތަކުގެ ތެރެއިން ތުއްތު ކުދިން ދަނީ ހޭލުންތެރިކުރެވެމުންނެވެ. އަދި ސްކޫލްތަކާއި ގުޅިގެން، ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ރައްޔިތުން ހޭލުންތެރިކުރުމަށް އެކި އެކި ޕްރޮގްރާމްތައް ފެށުމަށްވެސް ޕްލޭންކުރެވިފައިވާ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓްތަކުން ކުނި ގެންދިއުން ވަކި ނިޒާމެއްގެ ދަށުން ކުރިއަށް ގެންދާކަމަށް އެ ބޭފުޅުން މައުލޫމާތު ދެއެވެ. ކުރިއާއި ޚިލާފަށް މިހާރު ރިސޯޓްތަކުން ކުނި ގެންދިއުމަށް ބޭނުން ކުރަނީ ވެމްކޯގެ ވެސެލްތަކެވެ. މިގޮތުން، ރ. އަތުޅުގެ ސަރަހައްދުގައި ހުންނަ ރިސޯޓްތަކުގެ ގުނި ގެންދެވެނީ ރ. ވަންދޫއަށެވެ. އަދި މާލެ ސަރަހައްދުގައި ހުންނަ ރިސޯޓްތަކުގެ ގުނި ގެންދެވެނީ ތިލަފުށްޓަށެވެ.

"އަޅުގަނޑުމެންގެ މި ވެމްކޯ ކުރިއައް އޮތަތަނުގަވެސް ހަމަ ދާނީ ފުޅާވަމުުން. ތަފާތު އިތުރު ހިދުމަތްތައް އައްނާނެ. އެ އަޅުގަނޑުމެން އަބަދުވެސް ބަލަނީ ތަހުޒީބީ ޒަމާނެއްގަ ދުނިޔޭގެ އެހެނިހެން ގައުމުތަކުގަ މިކަން ކުރާ ގޮތްތަކާއި ވައްޓަފާޅީއަކީ ކޮބައިކަން."

ވެމްކޯއިން ކުނި ނައްތާލުމުގެ ނިޒާމް ހަރުދަނާ ކުރުމަށް، ތިލަފުށީގައި ޕްރޮޖެްކްޓްއެއްވެސް ކުރިއަށްދާ ކަމަށް ވެމްކޯއިން މަުލޫމާތު ދެއެވެ. މި މަޝްރޫއު ކުރިއަށްދަނީ އެންވަޔަރަމަންޓް މިނިސްޓްރީ، ވޯލްޑް ބޭންކް، އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމުގައެވެ. 2026 ގެ ނިޔަލަށް ނިމިގެންދާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫޢު ނިމުމުން، ދުވާލަކު 500 ޓަނުގެ ކުނި އެންދިގެންދާނެއެވެ.

ޝުއާއު އިތުރަށް ވިދާޅުވީ، ވެމްކޯއިން ދަނީ "ކާދު" އުފެއްދުމުގެ މަޝްރޫޢުވެސް ފަށާއެވެ. މިއީ ކުނިވާ ޒާތުގެ ކުނި ބޭނުންކޮށްގެން އުފަށްދާ ފަރޓިލައިޒަރެކެވެ. ޝުއާއު ފާހަގަކޮށްފައިވަނީ، މިއަހަރުގެ ތެރޭގައި އެ ޕްރޮޑަކްޓް ރައްޔިތުންންށް ދެއްކޭނެ ކަމަށް ލަފާކުރާކަމެވެ.

ވެމްކޯގެ އިލްތިމާޒަކީ، އެންމެންވެސް މި ވެށި ހިމާޔަތްކުރުމަށް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ.

ކޮމެންޓް

871x217_placeholder