logoEN
ޚަބަރު

ފެނަކައިގެ ކުރީގެ ޑީއެމްޑީ ނާއިފް، ވެމްކޯގެ ޑީއެމްޑީގެ މަގާމަށް

ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އިބްރާހިމް ނާއިފް

ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އިބްރާހިމް ނާއިފް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

17 ސެޕްޓެމްބަރު 2024 - 07:52

ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ މަހު ވަކިކުރި އިބްރާހިމް ނާއިފް، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ނާއިފް އައްޔަނުކުރިކަން އިއުލާންކުރީ ވެމްކޯ އިން ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވެމްކޯ އިން ވަނީ ނާއިފްއަށް މަރްޙަބާ ދަންނަވާފައެވެ.

View post on Twitter

ނާއިފް، ފެނަކައިގެ ޑީއެމްޑީގެ މަގާމުން ވަކި ކުރީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އޭރު އެ މަގާމުގައި ނާއިފް ހުރީ ގާތްގަޑަކަށް އެންމެ އަށް މަހުއެވެ. އެގޮތުން އޭނާ އެ މަގާމުން ވަކިކުރީ، ފެނަކައިގެ ބޯޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީބު ވެސް ވަކިކުރި ދުވަސްވަރުގައެވެ. އޭގެ އިތުރަށް ވެސް އެކުންފުނީގެ ބޯޑު މެންބަރުގެ މަގާމުގައި ހުންނެވި އަހުމަދު އީހާބު ވެސް އެފަހަރު ވަކިކުރިއެވެ.

އެ ބޭފުޅުން އެ މަގާމުތަކުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder