logo
Bank of Maldives

Bank of Maldives

ޚަބަރު

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ނިންމަވައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
26 އޯގަސްޓު 2024 - 13:53
އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ނިންމަވައިފި

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ފެނަކައިގެ ސަތޭކަ އިންސައްތަ ހިއްސާ އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ހިންގުން އެސްޓީއޯގެ ދަށަށް ބަދަލުކުރަން މިވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮަތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ ދަށުންނެވެ. މިކަމަށް ހުށައަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގުއެވެ.

މިނިންމުމުގެ ބޭނުމަކީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެދެވޭ އަވަސް މިނެއްގައި ފޯރުކޮށްދެވިގެންދާނެއެވެ. މިއާއި އެކު ފެނަކަ ހިންގުން ހަރުދަނާވެ މާލީ ގޮތުން ބާރުވެރިވެރިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އެގޮތުން މި ނިންމެވި ބަދަލު ގެނައުމަށްޓަކައި، އެސް.ޓީ.އޯ. ގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސް.ޓީ.އޯ. ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސް.ޓީ.އޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސް.ޓީ.އޯ.އަށް ދިނުމަށް ވަނީ ނިންމަވާފައިކަމަށް މި ބަޔާނާއި ހަވާލާދީ ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ފެނަކައަށް މުވައްޒަފުން އައްޔަން ކުރުމާއި އަދަދު ކަނޑައެޅުމުގު އިޙްތިޔާރުވެސް އެސްޓީއޯއަށް ލިބިގެންދާނޭކަމަށާއި، އަދި މިކަމަށް އަމަލުކުރާނީ ސަރުކާރުގެ މައިގަނޑު ސިޔާސަތުގެ ތެރެއިން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެހެން ކަމުން ވީވަރަކުން މުވައްޒަފުން ވަކިނުކޮށް އެހެން ތަންތަނަށް މުވައްޒަފުން ބަދަލު ކުރެވޭނެ އިންތިޒާމެއް ހޯއްދަވާނެ ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ.

އަދި މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އެެކުލަވާލައި މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުގެ ،މިބަޔާނުގައި ވަނީ ހިމަނާފައެވެ.

އަދި މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފަައިކަމަށް ވެސް ސަރުކާރުގެ މި ބަޔާނުގައިވެއެވެ.

ފާއިތުވި ފަސް އަހަރު ފެނަކައިން ނުއަގުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމާއި ގުޅިގެން ފެނަކައިގެ ދަރަނި 4.3 ބިލިއަނުން މައްޗަށްވަނީ އަރާފައެވެ. މި ސަރުކާރު ހަވާލުވެ ޚަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާއެކު ފެނަކައިގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފައިދާވާ ކުންފުންޏެކަށް ބަދަލުކުރެވިފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ފެނަކައިންދަނީ ރާއްޖޭގެ 156 ރަށެއްގައި 151 އިންޖީނުގޭގެ ޚިދުމަތް ދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | 2 ގަޑިއިރު ކުރިން ރައީސް ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ހަރުދަނާ ވިސްނުން ބަޔާންކޮށްދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިންރައީސްގެ ވަރުގަދަ ތަގްރީރެއް: މޫސުމީ ބަދަލުތަކުން ސަލާމަތްވުމަކީ އިޚުތިޔާރީ ކަމެއް ނޫންޚަބަރު | 4 ގަޑިއިރު ކުރިންޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓަށް ރައީސް މުއިއްޒުޚަބަރު | 13 ގަޑިއިރު ކުރިން